ޢާންމު މަޢުލޫމާތު
ނަންބަރު: GS35/2025/26
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 09:31
ސުންގަޑި: 16 ނޮވެންބަރު 2025 13:30
ނ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ނ. އަތޮޅު މަދަރުސާގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

c

 

ނ. އަތޮޅު މަދަރުސާ

 

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ނ.މަނަދޫ / ދިވެހިރާއްޖެ

                                                     ނަމްބަރ 26GS35/2025/

އިޢުލާން

ސްކޫލުގެ ސެކިޔުރިޓީ ބެލެހެއްޓުމާއިގުޅޭ.

           1 ޖެނުއަރީ 2026 އިން 31 ޑިސެމްބަރ 2026 އަށް 1 އަހަރު ދުވަހުގެގެ މުއްދަތަށް މިސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

            މި މަސައްކަތަށް އެދި ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

1 ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ( ޤާނޫނުނަންބަރު 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ތިރީގައި ބަޔާން

  ކުރާ ފަރާތްތަކަށެވެ.

1.1  ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް.

1.2  އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

1.3  ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

1.4  ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

1.5  މިމާއްދާގެ 1 ގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތައް.

                   ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2025 ނޮވެމްބަރ 05 އިން 2025 ނޮވެމްބަރ 16 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9.30 އިން މެންދުރު 13.30 އަށް  ސްކޫލަށްދުރުވެ ރަޖިސްޓްރީ ކުރެއްވުންއެދެމެވެ.  ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާފަރާތްތަކަށެވެ.  މި މަސައްކަތާބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ނޮވެމްބަރ 16 ވާ އާދިއްތަ ދުވަހުގެ މެންދުރު 12.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

                     ސެކިޔުރިޓީ ބެލެހެއްޓުމާއި ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ  2025 ނޮވެމްބަރ  17 ވާ ހޯމަ ދުވަހުގެ މެންދުރު  13.00 ގައި ނ. އަތޮޅު މަދަރުސާގައެވެ. ބިޑުހުށަހެޅުމާއި ބިޑްހުޅުވުން އޮންނާނީ 2025 ނޮވެމްބަރ 23 ވާ އާދިއްތަ ދުވަހުގެ މެންދުރު  13.00 ގައި ނ. އަތޮޅު މަދަރުސާގައެވެ. މި މަސައްކަތާއި ގުޅޭ ބީލަންފޮތް މި ބީލަމުގައި ބައިވެރިވުމަށް ނަންނޯޓްކުރައްވާ ފަރާތްތަކަށް މި ސްކޫލުން ދޫކުރާނެ ވާހަކަ ދަންނަވަމެވެ.     

                     އިތުރު މައޫލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

ނ. އަތޮޅު މަދަރުސާ / ނ.މަނަދޫ

ފޯންނަމްބަރ 6560003

އީމެއިލް: [email protected]

                         13 ރަބީއުލްއައްވަލް  1447

                           04 ނޮވެމްބަރ     2025

 

05 ނޮވެންބަރު 2025