ކުއްޔަށް ދިނުން
ނަންބަރު: (IUL)303-ISS/303/2025/73
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:43
ސުންގަޑި: 12 ނޮވެންބަރު 2025 12:00
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ 4 ރުއްގަނޑު ވަރުވާ އުޞޫލުން ދޫކުރުމާއި ގުޅޭ

ނަންބަރު: (IUL)303-ISS/303/2025/73

އިއުލާން

މި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ 4 ރުއްގަނޑުވަރުވާ އުޞޫލުން ދޫކުރުމާއި ގުޅޭ

ސުރުޚީގައި ދެންނެވިފައިވާ 4 ރުއްގަނޑު ވަރުވާ އުޞޫލުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)303-ISS/303/2025/60 (26 އޮގަސްޓް 2025) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބިޑްތައް ކުޑަކަމަށް ފެންނާތީވެ އެބިޑްތަކާއި އިޢުލާން ބާތިލްކޮށް އަލުން 4 ރުއްގަނޑު ވަރުވާ އުޞޫލުން  2 އަހަރު ދުވަހުގެ މުއްދަތައް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

              ވީމާ، ރުއްގަނޑު ވަރުވާ އުޞޫލުން ނެގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބިޑް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރުމަށްފަހު 2025 ނޮވެމްބަރ 12 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރައަށް ހުށަހެޅުއްވުން އެދެމެވެ. އަދި ބިޑުހުށަހެޅުން އޮންނާނީ 2025 ނޮވެމްބަރ 18 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ. ބިޑް ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކޮށް ހުށަނާޅުއްވާ ފަރާތްތަކަށް ޕުރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަދަންނަވަމެވެ. ބިޑް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަދި ބޭރުގައި "މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ސިޓީއުރައިގެ މަތީ ކަނުގައި "ވަރުވާ އުޞޫލުން ރުއްގަނޑު ހޯދުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

                  ޕްރޮޕޯސަލް ހުށައެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިބޭފުޅަކީ ކާކުކަން އެނގޭގޮތަށް އެ ޕްރޮޕޯސަލް ހުށައަޅުއްވާ ތަނެއްގެ ނުވަތަ ފަރާތެއްގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއަކާއި ފޮނުއްވާ ބޭފުޅެއްގެ އައިޑީކާޑުގެ ކޮޕީ ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

04 ނޮވެންބަރު 2025