ބީލަން
ނަންބަރު: (IUL)377/377/2025/19
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 12 ނޮވެންބަރު 2025 13:00
ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ރިނބުދޫ 2 ނަމްބަރު ވޮލީކޯޓްގެ ބައެއް މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

 

ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ.

ރިނބުދޫ. ދ.   

ދިވެހިރާއްޖެ.   

ނަމްބަރ: (IUL)377/377/2025/19

އިޢުލާން

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

                 

ދ.ރިނބުދޫ 2 ނަމްބަރު ވޮލީކޯޓް ގެ ބައެއް މަރާމާތު މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

ރަޖިސްޓްރީ ކުރުން:

          ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 2025 ނޮވެމްބަރ 06 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ދެވިފައިވާ މުއްދަތުގެ ތެރޭގައި ބީލަން ރަޖިސްޓްރީ ފޯމް ހުށަހަޅުއްވާފައިނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނުލިބޭނެއެވެ.  

 

މައުލޫމަތު ދިނުމުގެ ބައްދަލުވުން:

            މި މަސައްކަތުގެ މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 09 ނޮވެމްބަރ 2025 ވާ އާދިއްތަ  ދުވަހުގެ 13:00 ގައި، ދ.ރިނބުދޫ ކައުންސިލް އިދާރާގައެވެ.

 

ބީލަން ބަލައިގަތުން :

            ބީލަން ބަލައިގަތުން އޮންނާނީ 2025 ނޮވެމްބަރ  12  ވާ ބުދަ ދުވަހުގެ 13:00 ގައި ދ.ރިނބުދޫ ކައުންސިލް އިދާރާގައި ބީލަން  ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. ބީލަން ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި '' ދ.ރިނބުދޫ 2 ނަމްބަރު ވޮލީކޯޓް މަރާމާތުކުރުން " މިހެން ލިޔުމަށް ފަހުގައެވެ. އަދި ބަދަލުގައި މީހަކު ޙާޟިރުވާނަމަ ބީލަން ހުށަހަޅާ ފަރާތުގެ ސިޓީއަކާއި ވެރިފަރާތުގެ އައި.ޑީ.ކާޑްގެ ފޮޓޯކޮޕީއަކާއި ބަދަލުގައި ޙާޟިރުވާ ފަރާތުގެ އައި.ޑީ ކާޑްގެ ކޮޕީ ހުށަހަޅަންވާނެއެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރުން:

            މި އިޢުލާނާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ 10 ނޮވެމްބަރ  2025 ވާ ހޯމަ ދުވަހުގެ  14:00 ގެ ކުރިން 6760047 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

                  މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

13   ޖުމާދަލްއައްވަލް   1447

04   ނޮވެމްބަރ     2025

04 ނޮވެންބަރު 2025