ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)316/316/2025/117
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:54
މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ކިހާދޫ ރައްޔިތުންގެ ރުއްގަހުން ލިބޭ ތަކެއްޗާއި މެދު އަމަލުކުރާނެ ގޮތުގެ އުސޫލު އިސްލާޙުކޮށް އާންމުކުރުން.

ބ.ކިހާދޫ ރައްޔިތުންގެ ރުއްގަހުން ލިބޭ ތަކެއްޗާއި މެދު އަމަލުކުރާނެ ގޮތުގެ އުސޫލު އިސްލާޙުކޮށް އާންމުކުރުން.

              ކިހާދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 150 ވަނަ ޖަލްސާއިން ފާސްކޮށް އާންމުކޮށްފައިވާ  ބ.ކިހާދޫ ރައްޔިތުންގެ ރުއްގަހުން ލިބޭ ތަކެއްޗާއިމެދު އަމަލުކުރާނެ ގޮތުގެ އުސޫލަށް އިސްލާހުގެނައުމަށް ކިހާދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 169 އާންމު ޖަލްސާއިން ފާސްކޮށްފައިވާ ގޮތަށް އިސްލާހުކުރުމަށްފަހު އާންމުކުރީމެވެ. އަދި މިއިސްލާހަށް މިއަދުން ފެށިގެން އަމަލުކުރެވެމުންދާނެ ވާހަކަ ދަންނަވަމެވެ.

ގެނެވުނު އިސްލާޙް

  1. 1.      ބ.ކިހާދޫ ރައްޔިތުންގެ ރުއްގަހުން ލިބޭ ތަކެއްޗާއި މެދު އަމަލުކުރާނެ ގޮތުގެ އުސޫލުގެ 2 ވަނަ މާއްދާގެ 4 ވަނަ ނަންބަރު ތިރީގައިވާ ގޮތަށް އިސްލާޙް ކުރުން.

" އަދި އެރިނަގާ ދުވަހު ކާށި ގަތުމަށް ނަން ނޯޓް ކުރެވޭނީ މި އުސޫލުގެ ނަންބަރ 2.1 ގައި ބަޔާންކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން މީހުން ދިރިއުޅޭ ކޮންމެ ގޭބިސީ އަކުންވެސް 18 އަހަރު ފުރިފައިވާ އެއް ފަރާތަށެވެ. އަދި އެ ފަރާތަކީ އެ ގެއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތަކަށް ނުވަތަ އެ ގޭގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްގެ އަނބި، ފިރި ނުވަތަ ދަރިޔަކަށް ވާން ވާނެއެވެ. މަތީގައި އެހެން ބަޔާންކުރެވިފައިވީނަމަވެސް، ގޭބިސީގައި ރަޖިސްޓްރީވެފައިވަނީ 18 އަހަރުން ދަށުގެ ކުދިންކަމުގައި ވާނަމަ، އެކުދިންގެ މަންމަ ނުވަތަ ބައްޕައަށް، އެގެއަކަށް ކާށި ގަތުމަށް ނަން ނޯޓް ކުރެވިދާނެއެވެ."

  1. 2.      ބ.ކިހާދޫ ރައްޔިތުންގެ ރުއްގަހުން ލިބޭ ތަކެއްޗާއި މެދު އަމަލުކުރާނެ ގޮތުގެ އުސޫލުގެ 9 ވަނަ މާއްދާއަށް 5 ވަނަ ނަންބަރު ތިރީގައިވާ ގޮތަށް އިތުރު ކުރުން.

" މިއުސޫލުގެ ދަށުން ކައުންސިލުން ކުރާ ހުރިހާ މުއާމަލާތެއްވެސް ކުރެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ ފަރާތްތަކާއެވެ."

                    މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ނޮވެންބަރު 2025