ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257-ESM/257/2025/103
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 09 ނޮވެންބަރު 2025 11:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށު ޕްރޮޖެކްޓް މޮނިޓަރިންގ ކޮމެޓީ އެކުލަވާލުމާގުޅޭ:

              ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތާބެހޭ ވުޒާރާއިން ރަށްރަށުގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތައް ރަނގަޅު ފެންވަރުގައި މޮނިޓަރކުރުމުގެ މަޤުސަދުގައި އެ މިނިސްޓްރީއިން އެކުލަވާލާފައިވާ އުޞޫލާއި އެއްގޮތަށް "ރަށު ޕްރޮޖެކްޓް މޮނިޓަރިންގ ކޮމެޓީ" އެކުލަވާލުމަށް ބޭނުންވެއެވެ. އަދި މިހާރު ފެށުމަށް ހަމަޖެހިފައިވާ ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތް މޮނިޓަރ ކުރުމުގައި ކޮމެޓީގެ ބައިވެރިވުން ބޭނުންވެއެވެ.

 

              ވީމާ ތިރީގައި ބަޔާންކޮށްފައިވާ ދާއިރާތަކުން ކޮމެޓީގައި ބައިވެރިވުމަށް ޝައުގުވެރިވާ އާންމު ރައްޔިތުންނާއި ކުލަބް ޖަމިއްޔާތަކުން 09 ނޮވެމްބަރު 2025 ގެ 11:00 ގެ ކުރިން ތިރީގައިވާ ގޫގުލް ފޯމު މެދުވެރިކޮށް ހުށަހެޅުއްވުމަށް ދެންނެވީމެވެ. ޝައުގުވެރިކަން ފާޅުކޮށް ނަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޮމެޓީއަށް މެންބަރުން ކަނޑައަޅާނީ ކައުންސިލުންނެވެ.

 

ގޫގުލް ފޯމު ލިންކް: https://forms.gle/A9RCb7yDHasYRx6E7

 

ކޮމެޓީގެ މެމްބަރުން ހިމަނަން ބޭނުންވާ ދާއިރާތައް:

1.ރަށުގެ އާންމުގެ ތެރެއިން 1 މެންބަރު

2.ރަށުގައި މިހާރު ހަރަކާތްތެރި ޖަމިއްޔާތަކުން (ކޮންމެ ޖަމިއްޔާއަކުން މެންބަރެއް)

3.ރަށުގެ އިސްރަށްވެހިންގެ ތެރެއިން 1 މެންބަރު

4.ރަށުގެ ޒުވާނުންގެ ތެރެއިން 1 މެންބަރު

5.މަޝްރޫޢުގެ ފަންނީ ކަންކަމަށް ޙާއްސަކޮށް 1 މެންބަރު

            

              ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.                          

              13 ޖުމާދަލްޢޫލާ 1447

              29 އޮކްޓޫބަރު 2025

04 ނޮވެންބަރު 2025