ބީލަން
ނަންބަރު: (IUL)422-B1/422/2025/49
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:30
ސުންގަޑި: 13 ނޮވެންބަރު 2025 13:00
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ފިޔޯރީ ސްޓޭޓް ހައުސްއަށް ބޭނުންވާ 11 އެއަރކޮންޑިޝަން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ގދ.ފިޔޯރީ ސްޓޭޓް ހައުސްއަށް ބޭނުންވާ 11 އެއަރކޮންޑިޝަން ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މި މަސައްކަތްކޮށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއި އެއްކަރުދާސްކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަސްފަހު  13 ނޮވެމްބަރ 2025 ވާ ބްރާސްފަތި ދުވަހުގެ 13:00 ކުރިން [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އަދި ބިޑް ހުށަހަޅާ ފޯމް ރަޖިސްޓްރީ ކުރެވޭ ފަރާތްތަކަށް މެއިލް ކުރެވޭނެއެވެ. ބިޑް ހުށައެޅުން އޮންނާނީ 20 ނޮވެމްބަރ 2025 ވާ ބްރާސްފަތި ދުވަހުގެ 13:00 މި އިދާރާގެ މީޓިންގރޫމްގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 19 ނޮވެމްބަރ 2025 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން  [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ރަޖިސްޓްރީނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ނޮވެންބަރު 2025