ދިވެހިރާއްޖެ
ނަންބަރު:(IUL)303-EDMS/303/2025/71
އިޢުލާން
މަސްރޭސް މުބާރާތް ބޭއްވުމާއި ގުޅޭ:
އުނގޫފާރު ކައުންސިލާއި އުނގޫފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި އުނގޫފާރު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ 3 ވަނަ މަސްރޭސް މުބާރާތް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އުނގޫފާރުގައި ދިރިއުޅޭ 18 އަހަރުންމަތި ދެޖިންސަށް އަމާޒުކޮށް ކުރިއަށް ގެންދާ މި މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ޑިސެމްބަރ 6 ވާ ހޮނިހިރު ދުވަހުއެވެ.
ވީމާ، މި މަސްރޭހުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 ނޮވެމްބަރ 10 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު އުނގޫފާރު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފޯމް، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 10:30 ން 13:30 އާއި ދެމެދު އުނގޫފާރު ކައުންސިލް އިދާރާ އިން ލިބެން ހުންނާނެއެވެ.