ދިވެހިރާއްޖެ
|
|
އިޢުލާނު
ކައުންސިލުން ރަށު ފެންވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ، 'މިކްސް ވޮލީ މުބާރާތް 2025' އދ.ދިއްދޫ ރައްޔިތުންގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމަށާއި، ވޮލީބޯޅައިގެ ރޫޙު ދިރުވައި އާލާކޮށް ހުނަރުވެރި ވޮލީ ކުޅުންތެރިން އުފެއްދުމަށާއި ޞިއްޙީ ގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ މަޤުޞަދުގައި ދިއްދޫ ކައުންސިލުން އިންތިޒާމްކޮށްގެން 15 ޑިސެމްބަރ 2025 ވަނަ ދުވަހު އދ.ދިއްދޫގައި 'މިކްސް ވޮލީ މުބާރާތެއް' ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު 16 ނޮވެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގެ ޤަވާޢިދާއި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މިއިޢުލާނާއެކު ޢާންމުކުރި ވާހަކަވެސް ދެންނެވީމެވެ. އަދި މުބާރާތުގައި ބައިވެރިވާ ޓީމް ތަކުން ހުށަހަޅަންޖެހޭ ޓީމް ލިސްޓް ހުށަހަޅާ ފޯމް ފުރިހަމަކުރުމަށްފަހު 20 ނޮވެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ޓީމް ލިސްޓް ހުށަހަޅާ ފޯމް މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވިދާނެ ކަމުގައިވެސް ދެންނެވީމެވެ. މިމުބާރާތް އަދި މުބާރާތުގެ ޤަވާޢިދާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި ކައުންސިލް އިދާރާގެ ނަމްބަރ 6680057 އަށް ގުޅުއްވުމަށްވެސް ދެންނެވީމެވެ.
|
|
|
13 ޖުމާދަލްއޫލާ 1447 |
||