މަސައްކަތް
ނަންބަރު: (IUL)340/340/2025/63
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 10:47
ސުންގަޑި: 16 ނޮވެންބަރު 2025 10:00
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތުގެ މަރާމާތު މަސައްކަތްކުރާނެ ފަރާތެއް ހޯދުން:

             މި ރަށު ހުދާމިސްކިތުގައި ކުރަންޖެހޭ ބައެއް މަރާމާތުތައްކޮށްދޭނެ ފަރާތެއް ހޯދުމަށް މި ކައުންސިލުން ދެވަނަ ފަހަރަށް ޢާއްމުކުރި ނަންބަރު: (IUL)340/340/2025/46(10 ޖުލައި 2025) އިޢުލާނާގުޅިގެން އެއްވެސް ފަރާތަކުން ހުށަހެޅުމެއް ހުށަހަޅާފައި ނުވާތީ އަލުން އެ މަސައްކަތްކުރާނެ ފަރާތެއްހޯދުމަށް އިޢުލާންކުރަމެވެ.

            މި ބީލަމުގައި ބައިވެރިވެވޭނީ، ބިޑް ޑޮކިއުމަންޓުތަކުގެ ސެކްޝަން 2 (ބީލަން ހުށަހަޅާ ފަރާތްތަކަށް ދެވޭ އިރުޝާދު)ގެ 2 ވަނަ މާއްދާގެ 2.1 ވަނަ ނަންބަރުގައި ބަޔާންކުރާ ފަރާތްތަކަށެވެ. އަދި މީގެ އިތުރުން ހުށަހަޅާ ބިޑަކީ އެކަށީގެންވާ ބިޑެއްކަމަށް ކަނޑައެޅޭނީ މި އިޢުލާނާއެކު ހިއްސާކުރެވޭ ބިޑް ޑޮކިއުމަންޓްސްތަކުގައި ހިމެނޭ  ޗެކް ލިސްޓް (ސެކްޝަން 4، ޖަދުވަލް 1ގައި ވާ ފޯމް)ގައި ހުށަހެޅުމަށް ލާޒިމްކުރާ ލިޔެކިތުންތަކާއެކު ހުށަހެޅުމުންނެވެ.

            މި ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2025 ނޮވެންބަރު 4 އިން 2025 ނޮވެންބަރު 13 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ރަޖިސްޓްރީވުމަށް މި ކައުންސިލްގެ  [email protected] އީމެއިލަށް، ރަޖިސްޓަރީވެލައްވާ ފަރާތުގެ މަޢުލޫމާތު (ހުށަހަޅާ ފަރާތުގެނަން، ގުޅޭނެ ނަންބަރު، ވެރިފަރާތުގެ ނަން، އިޢުލާނު ނަންބަރު) ފޮނުއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް މެއިލްނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ.

            މި މަސައްކަތްތަކުގެ ތަފްސީލްހިމެނޭ ބިޑް ޑޮކިއުމެންޓް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ. މި ބިޑްޑޮކިއުމަންޓުގެ ހާޑްކޮޕީ ދޫކުރެވޭނީ ކޮންމެ ގަނޑަކަށް 2ރ (ދެރުފިޔާ) ދެއްކުމުންނެވެ. މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެއެވެ.

            މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތުހޯދުމަށް ބޭނުންވެލައްވާ ފަރާތަކުން އެ މަޢުލޫމާތަކާއި ގުޅޭ ސުވާލްތައް މަތީގައިވާ މެއިލަށް 2025 ނޮވެންބަރު 9 ވަނަ ދުވަހުގެ 14:00ގެ ކުރިން ފޮނުވުމުން 2025 ނޮވެންބަރު 10 ވަނަ ދުވަހުގެ ނިޔަލަށް ޖަވާބު ފޮނުވޭނެއެވެ.

            މި މަސައްކަތުގެ ބިޑްބަލައިގަތުމާއި ބިޑްހުޅުވުން އޮންނާނީ 2025 ނޮވެންބަރު 16 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގައެވެ.

04 ނޮވެންބަރު 2025