ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-A2/30/2025/221
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 07:59
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
އިޢުލާން

މިނިސްޓްރީއިން ދޭ ޚިދުމަތްތައް ޑިޖިޓައިޒް ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން 'ކެޔޮޅު' ވެބް-ޕޯޓަލް (keyolhu.mv) މެދުވެރިކޮށް މަސްވެރިކަމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ އިންތިޒާމުވަނީ ހަމަޖެހިފައެވެ. މިގޮތުން، 4 ނޮވެންބަރުން ފެށިގެން އަލަށް މަސްވެރިކަމުގެ ލައިސަންސަށް ހުށަހަޅާ ފޯމު މިނިސްޓްރީއިން ބަލައިގަންނާނީ މި އޮންލައިން ޕޯޓަލް މެދުވެރިކޮށްކަން އާންމުކޮށް އަންގައި އިއުލާނުކުރަމެވެ. އަދި މަސްވެރިކަމުގެ ލައިސަންސް އައުކުރުމަށް ހުށަހަޅާ ފޯމް، 23 ނޮވެންބަރުން ފެށިގެން ބަލަގައިންނާނީ މި އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. 'ކެޔޮޅު' ޕޯޓަލް އަށް ލޮގްއިން ވެވޭނީ އެފަރާތެއްގެ އީފާސް އެކައުންޓް މެދުވެރިކޮށްކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

'ކެޔޮޅު' ޕޯޓަލް އަކީ މަހާއި މަހުގެ އުފެއްދުތައް އުފެއްދުމުގެ ލައިސަންސަށް އެދި ހުށަހެޅުމަށާ ކުންފުނިތަކުން ގަންނަ މަހުގެ ތަފްޞީލު ގަވާއިދުން މިނިސްޓްރީއަށް ފޮނުވުމަށް އަދި މަސް އެކްސްޕޯޓްކުރުމަށް ބޭނުންވާ ކެޗް ސެޓްފިކެޓް ދޫކުރުމަށް މިހާރުވެސް މިނިސްޓްރީން ބޭނުންކުރަމުންދާ ވަޞީލަތެކެވެ.

މި ޕޯޓަލް މެދުވެރިކޮށް އަލަށް ލައިސަންސަށް އެދި ހުށަހެޅުމުގައި އަދި ލައިސަންސް އައު ކުރުމަށް ހުށަހެޅުމުގައި އަމަލުކުރާނެ ގޮތުގެ ގައިޑް މި މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިޢު ކޮށްފައިވާނެއެވެ. މިގޮތުން، ކަށިމިޔަރު މަސްވެރިކަމުގެ ލައިސަންސަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީން ބަލައިގަންނާނީ މި ޕޯޓަލް މެދުވެރިކޮށްކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.  މިކަމާބެހޭ ގޮތުން އިތުރު މައުލޫމާތެއް ބޭނުންފުޅުވާނަމަ، މިނިސްޓްރީގެ 3339270 ނުވަތަ 3339272 ނަންބަރަށް ގުޅުއްވުން އެދެމެވެ.

04 ނޮވެންބަރު 2025