ދިވެހިރާއްޖެ
ރަށުގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ފެންހަންތައް ސާފުކޮށް އަދި ސައިޓުގެ ކުދި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތާއި އެއްގޮތަށް އަގު ހުށަހެޅުއްވުން އެދެމެވެ.
- މަސައްކަތުގެ ތަފްޞީލް:
- ފެންހަންތަކުގެ އެތެރެއާއި ބޭރު ސާފުކުރުން
- ސައިޓްގެ ފުރާޅާއި ދިޔަ ދޮވި މަރާމާތު ކުރުމާއި ސާފުކުރުން
- އަގު ހުށަހެޅުން:އަގު ހުށަހަޅަންޖެހޭނީ ކޮންމެ ސައިޓަކަށް ވަކިން އެއްކަރުދާސްކޮށްފައިވާ ފޯމް މެދުވެރިކޮށެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މި ޢިއުލާނާއެކު އެއްކަރުދާސްކޮށްފައިވާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، 06 ނޮވެންބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި އިދާރާ އަށް ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތަށް ކުރިމަތިލެއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރައްވައިފައި ވާ ފަރާތްތަކަށެވެ.
|
ކައުންސިލް އިދާރާގެ ފޯނު ނަންބަރު: |
6560015 |
|
ކައުންސިލް މޯބައިލް ފޯނު ނަންބަރު: |
7763264 |
|
ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް: |