ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)28-PM-1/1/2025/304
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 13 ނޮވެންބަރު 2025 14:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
މަސައްކަތު / ޕްރެޒިޑެންޝަލް ގާރޑްސް

ޕީޖީ ރިޔާސީ ފްލީޓްގެ މަސައްކަތު މަގާމަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ބޭނުންވެއެވެ.

 

މަގާމު:

މަސައްކަތު

ބޭނުންވާ ޢަދަދު:

01 (އެކެއް)

މުސާރަ:

4,000.00 ރުފިޔާ

ސަރވިސް އެލަވަންސް:

1,000.00 ރުފިޔާ

މިނިމަމްވޭޖް އެލަވަންސް:

1,080.00 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު:

1- އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން އެނގުމާއެކު، 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ،

2- މަސައްކަތްކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މިދާއިރާގައި ސަޕޯޓް ސްޓާފް ގްރޭޑް 2 ގެ މަގާމުގައި 2 އަހަރު ދުވަހު މަސައްކަތްކޮށްފައިވުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު:

1- ޢިމާރާތާއި ގޯތިތެރެ ކުނިކަހާ ފޮޅާ ސާފުކޮށް ބެލެހެއްޓުން.

2- ޢިމާރާތް ރީތިކޮށް ބެލެހެއްޓުމުގައި މެއިންޓަނަންސްކޮށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

3- މަސައްކަތުގެ ވަގުތުގަޔާއި އަދި އެހެނިހެން ވަގުތުގައި ތިމާއާއި ހަވާލުކުރާ އެންމެހާ މަސައްކަތްތައް ވީ އެންމެރަނގަޅަކަށް ފުރިހަމައަށް ކުރުން.

ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭތަން

މި ވަޒީފާތަކުގައި މަސައްކަތް ކުރަންޖެހޭނީ ޢާންމުގޮތެއްގައި މާލޭގައެވެ.

އިތުރު ޢިނާޔަތްތައް

މި މަގާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ބަންދު ދުވަހުގެ އެލަވަންސާއި، ޝިފްޓް ޑިއުޓީ އެލަވަންސް، ދަތުރު އެލަވަންސް، އަދި އަތޮޅުތެރެއަށްކުރާ ދަތުރުތަކުގައި ހަމަޖެހިފައިވާ އުސޫލުން ހުރުމުގެ އެލަވަންސް ލިބޭނެއެވެ.

އިތުރު މަޢުލޫމާތު

ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2025 ނޮވެންބަރު 13 ވާ ބުދަ ދުވަހު 14.00 ގެ ކުރިން މި ވުޒާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. މި ވުޒާރާއަށް ފޮނުއްވާ ސިޓީތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ސިޓީއާއި ލިޔުންތައް ދިފާޢީ ވުޒާރާއަށް އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 އަށް ގުޅުއްވުން އެދެމެވެ.

 

08 ޖުމާދަލްއޫލާ 1447

30 އޮކްޓޫބަރު 2025