ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)384/384/2025/64
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 11:07
ސުންގަޑި: 13 ނޮވެންބަރު 2025 14:00
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޯދަހަދިޔާ އާގުޅޭ

      ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުގެދަށުން ދިވެހިކޮންމެ ގޭބިސީއަކަށް ރޯދަހަދިޔާ ދެއްވުމަށް ނިންމަވާފައިވާތީ ކޮންމެރަށެއްގެ ދިވެހި ގޭބިސީގެ ތަކުގެ ޢަދަދު ފޮނުއްވުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާއްމު މަސައްކަތްތަކާބެހޭ ވުޒާރާއިން އަންގަވާފައިވާތީ މިރަށުގައިހުރި ދިވެހި ގޭބިސީތަކުގެ މަޢުލޫމާތު ސާފުކުރަން ބޭނުންވެއެވެ.

      (ގޭބިސީގެ ގޮތުގައި ބަލާނީ އެއްގެއެއްގައި ދިރިއުޅުނު ނަމަވެސް ވަކިންކައްކާ ކައިބޮއި ދިރިއުޅޭ ދިވެހި ޢާއިލާތަކެވެ.) ބިދޭސީ ގޭބިސީ އާއިފަޅުގެތައް ނުހިމެނޭނެވާހަކަ ދަންނަވަމެވެ.

      ވީމާ، މަތީގައި ދަންނަވާފައިވާ ފަދައިން މިރަށުގައި ދިރިއުޅޭ ދިވެހި ގޭބިސީތަކުން 2025 ނޮވެންބަރު 13 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މިއިދާރާއަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ. މިމުއްދަތުގެ ތެރޭގައި ނަންނޯޓް ނުކުރައްވާ ގޭބިސީތައް ގޭބިސީގެ ލިސްޓްގައި ނުހިމެނޭނެވާހަކަ ދަންނަވަމެވެ.

      މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 އޮކްޓޫބަރު 2025