ދިވެހިރާއްޖެ
| 
 އިޢުލާނު  | 
|||||||||||||||||
| 
 މަޤާމު:  | 
 ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް  | 
||||||||||||||||
| 
 މަޤާމުގެ ނަންބަރު:  | 
 J-326290  | 
||||||||||||||||
| 
 އޮފީސް ޔުނިޓް/ ސެކްޝަން:  | 
 ޑެސްޓިނޭޝަން މެނޭޖްމެންޓް ޑިވިޜަން  | 
||||||||||||||||
| 
 ބޭނުންވާ އަދަދު:  | 
 01  | 
||||||||||||||||
| 
 މަޤާމުގެ ގިންތި:  | 
 ދާއިމީ  | 
||||||||||||||||
| 
 މަޤާމުގެ ރޭންކު:  | 
 އީ.އެކްސް. 3  | 
||||||||||||||||
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 ޓެކްނިކަލް ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް  | 
||||||||||||||||
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން:  | 
 މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓު (ވެލާނާގެ 5 ވަނަ ފަންގިފިލާ)  | 
||||||||||||||||
| 
 މުސާރަ:  | 
 11065.00  | 
||||||||||||||||
| 
 ސަރވިސް އެލަވަންސް:  | 
 2000.00  | 
||||||||||||||||
| 
 އެހެނިހެން އެލަވަންސް:  | 
  | 
||||||||||||||||
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:  | 
 1- ފަތުރުވެރިކަމާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް މި ސިނާއަތުގެ ބައިވެރިންނާއިއެކު ކުރިއަށްގެންދިއުމަށް ގުޅިގެންކުރަންޖެހޭ އެންމެހާ މަސައްތްތައްކުރުން، އަދި ސްޓޭކްހޯލޑަރުންނާއިއެކު މައުލޫމާތު ބަދަލުކުރުމުގެ މަސައްކަތް ކުރުމުގެ ކަންކަން ކުރުމާއި ސުޕަރވައިސްކުރުން އަދި ފަތުރުވެރިކަމަށް ރެޖިސްޓްރީވެ އޮޕަރޭޓިންގް ލައިސަންސް ދޫކުރާ އެންމެހާ ޚިދުމަތްތަކާއިއެކު އޮންނަ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުމާއި ވިލަރެސް ކުރުން. 2- ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއަށް ގެންދިއުމަށް، ޓޫރިޒަމް މާސްޓަރޕްލޭން ، ނެޝަނަލް ޕްލޭންތައް އަދި ޕޮލިސީތަކުގެއަލީގައި ކުރަންޖެހޭ ކަންކަން ފާހަގަކޮށް ސިނާއަތާއި ގުޅުވާ ވިލަރެސްކޮށް އެކަންކަންކުރުން އަދި ސުޕަރވައިސްކުރުން، އޭގެތެރޭގައި ފަތުރުވެރިކަމުގެ ކޮންސެޕްޓްތައް ތަޢާރަފްކުރުމުގައި އަދި ކުރިއަށް ގެންދިއުމުގައި އިޤްތިސާދީ އަދި އިޖްތިމާއި ގޮތުން ދުޅަހެޔޮ ކަންކަންބަލާ އެ މަސައްކަތް ކުރިއެރުވުމަށް ކުރަންޖެހޭމަސައްކަތްތައްކުރުން. 3- ރާއްޖޭގައި ކުރިއަރަމުންދާ ފަތުރުވެރިކަމަށާއި ޓާރގެޓް މާކެޓްތަކަށް އަދި މުސްތަގްބަލްގެ ފަތުރުވެރިކަމަށް ވިސްނާ މި މާކެޓްތަތަކުން އަންނަ ފަތުރުވެރިންނަށް ރާއްޖޭގެ ޕްރޮޑަކްޓްތައް ފުޅާކޮށް، ސިންދަފާތު ކުރެވޭނެ ގޮތްތައް ދެނެގަނެ އަދި ފަތުރުވެރިން ރާއްޖޭގައި ޗުއްޓީހޭދަކުރުމަށް އިތުރަށް ޝައުގުވެރިކުރުވަނިވި ކަންކަން ކުރުމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ޑިޒައިން ކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ ހާސިލްކުރުމަށްކުރަންޖެހޭ ކަންކަންކުރުން. 4- ޓޫރިޒަމް އިޝްތިހާރުކުރުމަށްޓަކައި ބޭނުންވާ ޓާރގެޓް މާކެޓް ފާހަގަކޮށް އަދި އަލަށް އަންނާނެކަމަށް ލަފާކުރާ މާކެޓްތަކަށް ބަލާ ރާއްޖޭގެ ޕްރޮޑަކްޓްގައި ހުރި އެނދު އެކުލަވާލެވިފާވާގޮތަށް ނިސްބަތްކޮށް މަންޒިލް އިޝްތިހާރުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަންބަލާ އެކަންކަން މާކެޓިންގް މުއައްސަސާއާއިއެކު ވިލަރެސްކުރުން، އަދި ހާސިލް ކުރަން ބޭނުންވާ ނަތީޖާނެރުމަށް ހަރަކާތްތައް އިޝްތިހާރުކުރުމުގެ ޕްލޭންގެ ތެރެއިން މަސައްކަތްކުރުން އަދި އެކަންކަން މޮނިޓަރކުރުން. 5- ފަތުރުވެރިކަމުގެ ސިނާޢަތުން ޕްރޮމޯޝަން އަދި މާރކެޓިންގަށް ބޭނުންވާ ޑޭޓާ ކަމާއިގުޅުންހުރި ސެކްޝަނާއިއެކު އެއްކުރުމަށް ކުރަންޖެހޭމަސައްކަތް ކުރުން ނުވަތަ އެކަންކަން ވިލަރެސްކުރުން، އޮންލައިން ޕޯޓަލްފަދަ ޕްލެޓްފޯރމްތައް ތަޢާރަފްކޮށް މެނޭޖްކުރުމަށް ކަމާއިގުޅުންހުރި ސެކްޝަނާއި ގުޅިގެން މަސައްކަތްކުރުން އަދި ފަތުރުވެރިކަމުގެ ސިނާއަތް މިފަދަ ޕޯޓަލްތަކަށް އަހުލުވެރިކުމަށް އެކިޕްރޮގްރާމްތައް ރާވާ ހިންގާ ވިލަރެސް ކުރުން. 6- ކައުންސިލްތަކާއި، ފަތުރުވެރި ޖައްމިއްޔާ ޖަމާއަތްތަކާއި އަދި މިސިނާއަތުގައި އެކިއެކި ފަރާތްތަކާއި ވިޔަފާރިތަކާއިއެކު ގުޅިގެން ކުރަންޖެހޭ އެންމެހާކަންކަން ފާހަގަކޮށް އެމަސައްކަތްކުރުމުގެ ފުރުސަތުތައް ގާއިމްކޮށް ވިލަރެސްކުރުން. 7- ފަތުރުވެރިކަމާއިގުޅުންހުރި އެންމެހާ މާރކެޓް ރިސަރޗް ޓްރެންޑް އެނަލައިސިސް، މާރކެޓް އިންޓެލިޖެންސް އަދި ފަތުރުވެރިކަން ޢިޝްތިހާރުކުރުމަށްޓަކައި ބޭނުންވާ އެންމެއެކަށޭނަ ޓާރގެޓް މާކެޓްތައް ކަމާއިގުޅުންހުރި ސެކްޝަންތަކާއިއެކު ފާހަގަކޮށް އެ މާކްޓެތަކަށް ރާއްޖެ އިޝްތިހާރުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަފާހަގަކުރުމާއިއެކަންކަން ކުރުމަށް މަގުފަހިކޮށް އެހީތެރިވެދިނުން. އަދި މީގެ އިތުރުން ފަތުރުވެރިކަމަށް ބޭނުންވާ އެކިއެކި ފޯކާސްޓިންގް އަދި ޕްރޮޖެކްޝަންތައް ހެދުމަށް ކަމާއިގުޅުންހުރި ސެކްޝަންތަކާއިއެކު މަސައްކަތްކޮށް އެކަންކަމަށް ބިނާވެ ނަތީޖާނެރުމަށް މި ސިނާއަތުގެ ބައިވެރިންނާއިއެކު ވިލަރެސްކުރުން އަދި މި ކަންކަމުން ނެރެވޭ ނަތީޖާ ގެ އަލީގައި ވުޒާރާގެ މާކެޓިންގް މުއައްސަސާއާއިއެކު ބޭނުންވާ ޑައިރެކްޝަން ދީ ރާއްޖެގެ ޑެސްޓިނޭޝަންގެ މާރކެޓިންގް އަދި ޕްރޮމޯޝަން ކަންކަން ޕޮލސި އާއި އެއްގޮތަށް ބައްޓަންކުރުމުގެ އެންމެހާ ކަންކަން ކުރުމުގައި ބައިވެރިވެ އެއްބާރުލުން ދީ ސެކްޝަންތަކާއިއެކު މަސައްކަތްކުރުން. 8- ރާއްޖެ އިޝްތިހާރުކުރުމުގެ ޕްލޭނެއް މިސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ބައިވެރިވުމާއިއެކު އެކުލަވާލުމަށް ވިލަރެސްކޮށް އެ ޕްލޭން ދެމެހެއްޓެނިވި ގޮތެއްގައި ތަންފިޒުކުރުމުގެ މަސައްކަތްތައް ވުޒާރާގެ މާރކެޓިންގް މުއައްސަސާއާއިއެކު ކުރުން. 9- ދިމާވެދާނެ ގުދުރަތީ އަދި އެނޫންވެސް ކަންކަމުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަތުވެދާނޭ ބަދަލުތައް ކަމާއިގުޅުންހުރި ސެކްޝަންތަކާއިއެކު ތަސައްވަރުކުރުމުގެ މަސައްކަތްކޮށް އެކަންކަމާއިމެދު އަޅަންޖެހޭ ފިޔަވަޅުދެނެގަތުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން އަދި އެކަން ވިލަރެސްކުރުން. 10- މިނިސްޓްރީގެ އެކި ސެކްޝަންތަކުގައި ޑޭޓާ މެނޭޖްކުރުމަށް އެވެއަރނެސް ކްރިއޭޓްކުރުން، ޕްރޮމޯޝަން އަދި މާރކެޓިންގް އާއި ގުޅުންހުރި ކަންކަމާއިގުޅިގެން އިންޑަސްޓްރީއާއި ސަރުކާރުގެ އިދާރާތަކާއިއެކު ވިލަރެސްކުރުން، އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ތަސައްވަރު ރާއްޖޭގައިއާއި ރާއްޖޭންބޭރުގައި ރަގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަކީ ކޮބައިތޯބަލާ އެކަންކަން ފާހަގަކޮށް ޕޮލިސީއަށްހުށައެޅުން، އަދި ހާއްސަކޮށް އިންވެސްޓަރުންނާއި ގުޅިގެން ރާއްޖެމާރކެޓްކުރުމާއި ފަތުރުވެރިކަމުގެ ތަސައްވަރު ރާއްޖޭގައިއާއި ރާއްޖޭންބޭރުގައި ރަގަޅުކުރުމަށް އެންމެހާ މަސައްކަތްކުރުން. 11- ސެކްޝަންގެ މަސައްކަތް ރާވާ، ހިންގާ އަދި މުވައްޒަފުން ސުޕަވައިޒް ކޮށް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުން އަދި އޮފީހުން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތައް އިންތިޒާމުކުރުމުގައި އެހީތެރިވެދީ ބައިވެރިވުން. 12- އަހަރީ ބަޖެޓް ތައްޔާރުކުރުން އަދި މިނިސްޓްރީގެ އަހަރީ ރިޕޯޓް އަދި މިނޫންވެސް އެންމެހާރިޕޯޓތައް ތައްޔާރުކޮށް ސެކްޝަނުން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.  | 
||||||||||||||||
| 
 މަޤާމުގެ ޝަރުޠުތައް:  | 
 ނުވަތަ 
  | 
||||||||||||||||
| 
 މަޤާމުގެ ތަޢުލީމީ ރޮނގުތައް: 
 މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން: 
 މަޤާމުގެ ކޯ ޑިސިޕްލިން: 
  | 
|||||||||||||||||
| 
 މަޤާމުގެ މަސައްކަތުގެ ދާއިރާތައް: 
  | 
|||||||||||||||||
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
  | 
 (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 6.މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".  | 
||||||||||||||||
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
  | 
||||||||||||||||
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 ނޮވެންބަރު 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، އީ-މެއިލް މެދުވެރިކޮށް [email protected] އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ނޯޓް: އެޕްލިކޭޝަން އާއިއެކު ހުށަހަޅާ ހުރިހާ ޑޮކިއުމަންޓެއް އެއްފައިލް އަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު މެއިލް ކުރައްވާއިރު މެއިލްގެ ސަބްޖެކްޓްގެ ގޮތުގައި މަޤާމުގެ ނަން ޖެއްސެވުން އެދެމެވެ.  | 
||||||||||||||||
| 
 ޝޯޓްލިސްޓުކުރުން:  | 
 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.  | 
||||||||||||||||
| 
 އިންޓަރވިއު އާއި އިމްތިޙާނާއި އޮންނާނެ ތަނާއި، މުއްދަތު:  | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިހާނު އޮންނާނީ 13 ނޮވެންބަރު 2025 އާއި 31 ޑިސެންބަރު 2025 އާއި ދެމެދު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގައެވެ. އަދި މިމުއްދަތުގެ ތެރޭގައި އިންޓަރވިއު ނުބޭއްވޭނަމަ ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރަންޖެހޭ ފަރާތްތަކަށް މުއްދަތު ހަމަވުމުގެ ކުރިން އެކަން އެންގޭނެއެވެ.  | 
||||||||||||||||
| 
 "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން  | 
 އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.  | 
||||||||||||||||
| 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3022226 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.  | 
|||||||||||||||||