ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)267-ESMS/267/2025/76
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 23:18
ސުންގަޑި: 13 އޮކްޓޫބަރު 2025 13:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024 ވަނަ އަހަރު ދަނޑުވެރިކަން ކުރުމަށް ދަނޑުބިން ދޫކޮށްފައިވާ ފަރާތްތަކާއި ގުޅޭ:

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން 16 ޖުލައި 2024 ގައި ދަނޑުބިން ދޫކުރުމަށް އާންމުކުރި އިޢުލާން ނަންބަރު: IUL)267-CA/267/2025/49) އިއުލާނާއި ހަވާލާދީ ދަންނަވަމެވެ.

މި އިޢުލާނާއެކު މިހާރު ދަނޑުބިން ދޫކުރެވިފައިވާ ފަރާތްތަކުގެ ލިސްޓު އެއްކަރުދާސް ކުރެވިފައިވެއެވެ. ލިސްޓްގައިވާ ފަރާތްތަކުން ދަނޑުބިން ދޫކުރިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް 4 ނޮވެންބަރު 2025 އިން 13 ނޮވެންބަރު 2025 ގެ ސަރުކާރު ބަންދު ނޫން ދުވަސްތަކުގެ 12:00 އިން 13:00 އަށް ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގަތުމަށް ދަންނަވަމެވެ. މި މުއްދަތުގައި އެއްބަސްވުމުގައި ސޮއި ނުކުރައްވާ ފަރާތްތަކާއި މިއެއްބަސްވުމުގައި ސޮއި ކުރެވޭ ތާރީޚުން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ދަނޑުގައި ފާހަގަކޮށްފައިވާ މަގުފަޅި ނޮޅާ ސާފުކޮށް ނުބެލެހެއްޓޭ ފަރާތްތަކުގެ އެއްބަސްވުން ބާޠިލްކޮށް ދަނޑުބިމުގެ ޕްލޮޓް ނެގޭނެކަމުގައި ދަންނަވަމެވެ.

29 އޮކްޓޫބަރު 2025