ދިވެހިރާއްޖެ
އިޢުލާން
އެއަރޕޯޓް ސޭފްޒޯނުގައިހުރި ރުއްގަހުގެ ވެރިފަރާތް ހޯދުން.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސޭފްޒޯންގެ އުތުރު އިން ވަކިކުރުމަށްޓައި ދޫކުރަން ހަމަޖެހިފައިވާ ބިމުގައިހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމަށް ބޭނުންވެއެވެ. މިސަރަޙައްދުގެ އެންމެ އުތުރަށް ހުރި ރުއްގަހުގައި ވާނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ރަތްކުލައިގެ ދަވާދުން ފާހަގަކޮށްފައެވެ.
ވީމާ، މިއިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަޙައްދުގައި ހިމެނޭ ރުއްގަހުގެ ވެރިފާރާތުން އެފަރާތެއްގެ ރުއްގަހުގެ ތަފުސީލު 2025 ނޮވެމްބަރު 06 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
07 ޖުމާދަލްއޫލާ 1447
29 އޮކްޓޫބަރު 2025