ދިވެހިރާއްޖެ
ސަންކެއަރގެ ދީލަތި އެހީތެރިކަމާއެކު ނ. ކުޑަފަރީގައި ރަށްވެހިވެގެން ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން 20 ފަރާތަކަށް އުމްރާއަށް ދިއުމުގެ ދެވަނަ ފުރުސަތެއް ކުރިއަށް އޮތް ރަމަޟާން މަހުގެ ތެރޭގައި ދިނުމަށް ވަނީ ހުޅުވާލެވިފައެވެ. މިދިޔަ ފަހަރެކޭ އެއްފަދައިން މިފަހަރުވެސް ދެންނެވިފައިވާ 20 ޖާގައަށް މީހުން ހޮވުމުގައި އުމުރުގައި އުމުރާއެއް ނުވަތަ ހައްޖެއްކޮށްފައި ނުވާ ބޭފުޅުންނަށް އިސްކަންދެވޭނެ ވާހަކަ ދަންނަވަމެވެ. 20 ޖާގަ ބަހާލެވިފައިވާ ވަނީ އިއުލާނާއި އެއްކަރުދާސްކޮށްފައިވާ އުޞޫލާއި އެއްގޮތްވާގޮތުގެ މަތިންނެވެ.
ސަންކެއަރގެ އެހީތެރިކަމާއެކު އުމުރާއަށް ފޮނުވުމަށް ހަމަޖައްސާ ފަރާތްތަށް ބަހާލުމުގެ އުސޫލުގައި ކޮންމެ އުމުރުފުރާ އަކަށް ކަނޑައެޅިފައިވާ ޖާގައަށްވުރެ އިތުރަށް ބޭފުޅުން ފޯމް ހުށައަޅާފައި ވަނީނަމަ ކަނޑައެޅިފައިވާ ކްރައިޓިރިއާ ވަކި ވަކީން ގުރުއަތު ނެގިގެން ދާނެއެވެ.
ކޮންމެ އުމުރު ފުރާއެއް ބަހާލެވިފައިވާ ގޮތުގެ ތަފްސީލީ ލިޔުން އިއުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ސަންކެއަރ ގެ ދީލަތި އެހީތެރިކަމާއެކު 20 ފަރާތަކަށް އުމްރާއަށް ދިއުމަށް ހުޅުވާލި ފުރުސަތުގައި ބައިވެރިވުމަށް ތިރީގައިވާ ފޯމް 2025 ނޮވެންބަރު 16 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ފުރުއްވުން އެދެމެވެ.
ބައިވެރިވުމަށް އެދި ހުށައަޅާ ފޯމް: https://shorturl.at/dS1B6
ފޯމް ފުރުމުގައި ކޮންމެ ބޭފުޅަކުވެސް އެ ބޭފުޅެއްގެ ޝަރުތު ހަމަވާ ކްރައިޓީރިއާ އެއްގައި ފާހަގަ ޖެއްސެވުމަށް ޚާއްސް ސަމާލުކަމެއް ދެއްވުން އެދެމެވެ. އަދި ދެމަފިރިއަކަށް ވަކި ވަކިން ވެސް ފޯމް ފުރިހަމަ ކުރެއްވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.