ބީލަން
ނަންބަރު: (IUL)408-CA/408/2025/49
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 13:16
ސުންގަޑި: 09 ނޮވެންބަރު 2025 13:00
ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެއިދާރާއަށް ޑީ.އެސް.އެލް.އާރު ކެމެރާއެއް ސަޕްލައިކޮށްދޭނެ ފަރާތެއްހޮވުން

ކައުންސިލްގެއިދާރާއަށް ޑީ.އެސް.އެލް.އާރު ކެމެރާއެއް ސަޕްލައިކޮށްދޭނެ ފަރާތެއްހޮވުން

މި އިދާރާއިން ކުރިއަށްގެންދާ ހަފްލާތަކާއި، އިވެންޓުތަކުގެ ފޮޓޯ ނެގުމަށް ޑިޖިޓަލް ކެމެރާއެއް ގަތުމަށް 4 ޖޫން 2025ގައި ކުރެވުނު (IUL)408-CA/408/2025/34 ނަންބަރު އިއުލާނަށް އިޖާބަދީ ހުށަހަޅާފައިވާ ބީލަންތަކުގެ އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ، އެ އިއުލާން ބާތިލްކުރުމަށްފަހު 2ވަނަ ފަހަރަށް ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް އެދި ޝައުގުވެރިވާ ފަރާތްތަކުން މި އިއުލާނާ އެކުގައިވާ މައުލޫމާތު ކަރުދާހުގައިވާ މައުލޫމާތާ އެއްގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

 

ބީލަން ހުށަހެޅުމުގެ ސުންގަޑި

2025 ނޮވެންބަރު 9 ވާ އާދީއްތަ ދުވަހުގެ 13:00 ގައި

ބީލަން ހުޅުވުން

2025 ނޮވެންބަރު 9 ވާ އާދީއްތަ ދުވަހުގެ 13:05 ގައި

ގއ.މާމެންދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި

 

މިކަމަށް އެދި ބީލަން ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ބަންދުނުކޮށް ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. އަދި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބަދަލުގައި އެހެންފަރާތަކުން ބައިވެރިވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަންވެރިންގެ އެއްހާޒިރުގައެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

7 ޖުމާދަލްއޫލާ 1447

29 އޮކްޓޫބަރު 2025

29 އޮކްޓޫބަރު 2025