ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)230-AHI/230/2025 /68
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 09:59
ސުންގަޑި: 06 ނޮވެންބަރު 2025 12:30
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓަރ 2025" އަށް އިނާމް ހުށަހެޅުމާއި ބެހޭ

              ބ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން 2025 ނޮވެންބަރު 05 ން 17 އަށް ބޭއްވުމަށް ހަމަޖައްސާފައިވާ "ބެޓަރ އިން ބާ" ފުޓްސަލް ފިއެސްޓަރ 2025" ގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް އިނާމް ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލަމެވެ. މިހުޅުވާލެވުނު ފުރުސަތުގެ ބޭނުން ކޮންމެ ބޭފުޅަކަށް އަދި ފަރާތަކަށްވެސް އޮންނާނެއެވެ.

              އެބޭފުޅަކު، ނުވަތަ އެފަރާތަކުން ޝައުޤުވެރިވާ މަޤާމްތަކަށް ތަކެތި ނުވަތަ ފައިސާގެ ގޮތުގައިވެސް އިނާމް ހުށަހެޅިދާނެއެވެ.

އިނާމް ހުށަހެޅޭ މަޤާމްތައް

1-     މުބާރާތުގެ އެންމެގިނަ ގޯލް ޖެހި ކުޅުންތެރިޔާ  )އަންހެން / ފިރިހެން(

2-     މުބާރާތުގެ އެންމެ މޮޅު 05 ކުޅުންތެރިން  )އަންހެން / ފިރިހެން(

3-     މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ  )އަންހެން / ފިރިހެން(

4-     މުބާރާތުގެ 18 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ  )އަންހެން / ފިރިހެން(

5-     މުޅި މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރު  )އަންހެން / ފިރިހެން(

6-     މުޅި މުބާރާތުގެ އެންމެ މޮޅު ކޯޗް  )އަންހެން / ފިރިހެން(

              ވީމާ، އެމަޤާމްތަކަށް އިނާމް ހުށަހެޅުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2025 ނޮވެންބަރު 06 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ކުރިން އިނާމު ދެއްވާ މަޤާމާއި، ދެއްވާ އިނާމް އެގޭގޮތަށް މިއިދާރާއަށް ހުށަހެޅުއްވުމަށް އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިއިދާރާގެ އެސިސްޓެންޓް ކައުންސިލް އޮފިސަރ އަބްދުލް މަޖީދު ޙަސަން (7880576) އާއި ގުޅުއްވުން އެދެމެވެ.

                          07 ޖުމާދަލްއޫލާ 1447

             

 

29 އޮކްޓޫބަރު 2025