ބީލަން
ނަންބަރު: (IUL)292-PR/292/2025/36
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 02 ނޮވެންބަރު 2025 14:00
މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.މިލަދޫ ހިނަވާގެ ނޮޅާ ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުން

      ނ.މިލަދޫ ހިނަވާގެ 02 އަހަރުދުވަހުގެ މުއްދަތަށް ނޮޅާ ސާފުކޮށް ބަލަހައްޓަން ބޭނުންވާތީ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ދައުވަތު އަރުވަމެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 ނޮވެމްބަރ 2025 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މިކައުންސިލްގެ އިދާރާއަށް ހާޟިރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މިމަސައްކަތާގުޅޭ މަޢުލޫމާތު ކަރުދާސް ދޫކުރެވޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށެވެ.

           ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން 02 ނޮވެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހާޟިރުވެ ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށް އެދޭނަމަ ފޮނުއްވާނީ [email protected]  އަށެވެ.

ރަޖިސްޓްރީކުރަން ފޮނުވާ އީމެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:  

1-   އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި)

2-   ކުންފުނި ނުވަތަ ވިޔަފާރި ނަމާއި ރަޖިސްޓަރީ ނަންބަރު

3-   ގުޅޭނެ ފޯނު ނަންބަރު

4-   އީމެއިލް އެޑްރެސް

5-   އީމެއިލް ފޮނުވާ ފަރާތުގެ ނަމާއި ޙައިޞިއްޔަތު

އީމެއިލް ކުރައްވާއިރު ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ސާފު ކޮޕީއެއް މެއިލްގައި އެޓޭޗް ކުރަންވާނެއެވެ. އަދި މިއިދާރާއަށް ހާޟިރުވެ ރަޖިސްޓްރީކުރާނަމަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ގެންނަންވާނެއެވެ.

 

        އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށައަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.

        ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ. 

28 އޮކްޓޫބަރު 2025