ނީލަން
ނަންބަރު: (IUL)168-CA/1/2025/104
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި: 12 ނޮވެންބަރު 2025 14:00
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަނުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމާގުޅޭ

އިޢުލާން

 

މި ކޮމިޝަނުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމާގުޅޭ

 

މި ކޮމިޝަނުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމަށް ކުރެވުނު ނަންބަރު: (IUL)168-CA/1/2025/97 (16 އޮކްޓޫބަރު 2025) އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެ ތަކެތި ނީލަން ކިޔުމަށް އަލުން އިޢުލާނުކުރީމެވެ.

މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީ ގެންނަވަން ވާނެއެވެ. ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރައްވާ ފަރާތްތަކުން 24 ގަޑިއިރުތެރޭގައި މި ކޮމިޝަނަށް ފައިސާ ދެއްކެވުމަށްފަހު 3 ދުވަސްތެރޭގައި އެ ތަކެތި ގެންދަވަންވާނެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ދުވަހު ނީލަމު އުޞޫލުން ކޮންމެ އައިޓަމެއް ވަކިން / ކޮންމެ ލޮޓެއް ވަކިންނެވެ. މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި މި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2025 ނޮވެންބަރު 12 (ބުދަ) ވަނަ ދުވަހުގެ 10:00 އަށް މ. ޗަނބޭލީވިލާ / ކ. މާލެ (ސްޓަރކްލައުޑްސް ބިލްޑިންގ / 12 ވަނަ ފަންގިފިލާ) އަށް ވަޑައިގެންދެއްވުން އެދެމެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކޮމިޝަނުގެ ނަންބަރު 3003120 ފޯނަށް ގުޅުއްވުން އެދެމެވެ.

 

06 ޖުމާދުލްއޫލާ 1447

28 އޮކްޓޫބަރު 2025

28 އޮކްޓޫބަރު 2025