ދިވެހިރާއްޖެ
މިއިދާރާއަށް ތިރީގައިވާ ތަކެތި ސަޕްލައިކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
- ވީޑިއޯ ކޮންފަރެންސް ސިސްޓަމް
- ސީ.ޕީ.ޔޫ، ވަޔަރލެސް ކިބޯޑް އަދި މައުސް
- ސަރައުންޑް ސައުންޑް ސިސްޓަމް
- ކެމެރާ އެންޑް ޑްރޯން
ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ޕްރޮޕޯސަލް ރެޖިސްޓްރޭޝަން ފޯމު ފުރިހަމަކުރަށްވާ 04 ނޮވެންބަރު 2025 ވާ (އަންގާރަ) ދުވަހުގެ 12:00 އަށް މިއިދާރާއަށް ([email protected]) މެއިލްކޮށްދެއްވުން އެދެމެވެ. އަދި ޕުރޮޕޯސަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ 09 ނޮވެންބަރު 2025 ވާ (އާދިއްތަ) ދުވަހުގެ 13:00 އަށް މި އިދާރާއަށެވެ. ބިޑްރަޖިސްޓްރޭޝަން ފޯމު ފުރިހަމަކޮށް ހުށަނާޅުއްވާ ފަރާތްތަކަށް ޕުރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަދަންނަވަމެވެ.
ޕްރޮޕޯސަލް ހުށައެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިބޭފުޅަކީ ކާކުކަން އެނގޭގޮތަށް އެ ޕްރޮޕޯސަލް ހުށައަޅުއްވާ ތަނެއްގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއަކާއި އަދި ފޮނުއްވާ ބޭފުޅެއްގެ އައިޑީކާޑުގެ ކޮޕީ ހިއްޕަވައިގެން ވަޑައިގެންދެއްވުންއެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580564 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.