ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2025/116
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 12:31
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1 ނޮވެންބަރ 2025 އިން ފެށިގެން ކުނި ފީ ނުދައްކާ ގޭބިސީތަކުން ކުނި ނެގުން މެދުކަނޑާލުމާ ގުޅޭ

ކައުންސިލްގެ ފަރާތުން ރައްޔިތުންނަށް ދެމުންދާ ކުނި ނެގުމުގެ ޚިދުމަތަކީ، ރައްޔިތުންގެ ޞިއްޙަތު ރައްކާތެރިކޮށް، ސާފުތާހިރު މާޙައުލެއް ޤާއިމުކުރުމަށްޓަކައި ވަރަށް މުހިންމު ޚިދުމަތެކެވެ. މި ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށްޓަކައި، ކަނޑައެޅިފައިވާ ކުނި ފީ ގަވާއިދުން ދެއްކުމަކީ ގޭބިސީތަކުގެ މައްޗަށް ލާޒިމުވާ ކަމެކެވެ.

 ކުނި ފީގެ ގޮތުގައި ކަނޑައެޅިފައިވާ ފީ ނުދައްކަވާ ގޭބިސީތަކުން 1 ނޮވެންބަރ 2025 ވާ ހޮނިހިރު ދުވަހުން ފެށިގެން ކުނި ނެގުމުގެ ޚިދުމަތް މެދުކަނޑާލުމަށް މި ކައުންސިލްގެ 160 ވަނަ ޖަލްސާއިން ވަނީ ނިންމާފައެވެ. އެގޮތުން، ކުނި ނެގުމުގެ ޚިދުމަތް މެދު ނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި އެންމެހާ ގޭބިސީތަކުން ވެސް ގަވާއިދުން ކުނި ފީ ދެއްކުމަށް ސަމާލުކަން ދެއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

06   ޖުމާދަލްޢޫލާ     1447

28    އޮކްޓޯބަރ     2025  

28 އޮކްޓޫބަރު 2025