ބީލަން
ނަންބަރު: (IUL)244-ESMSMS/244/2025/63
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 11:51
ސުންގަޑި: 12 ނޮވެންބަރު 2025 13:00
ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުރާކުނު ކައުންސިލްގެ ވެހިކަލް ގަރާޖު އިމާރާތްކުރުމުގެ މަސައްކަތުގެ 2 ވަނަ ފިޔަވަހީގައި ކުރަންހުރި މަސައްކަތްކުރުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު (3 ވަނަ އިޢުލާން)

ކައުންސިލްގެ ވެހިކަލް ގަރާޖު އިމާރާތްކުރުމުގެ މަސައްކަތުގެ 2 ވަނަ ފިޔަވަހީގައި ކުރަންހުރި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރި ނަމްބަރު: IUL)244-ESMSMS/244/2025/52 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެއިޢުލާން ބާތިލް ކުރުމަށްފަހު އަލުން އެފުރުސަތު ހުޅުވާލަމެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން،  ގެޒެޓްކުރެވިފައިވާ ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރުމަށްފަހު، ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމާއި ކުންފުނީ/ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ 12 ނޮވެމްބަރ 2025 ވާ ބުދަ ދުވަހުގެ 13:00 ގެ  ކުރިން [email protected] އަށް، އީމެއިލް ކުރެއްވުން އެދެމެވެ. އަދި ބީލަމުގައި ރެޖިސްޓްރީ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. ބީލަމުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް މިމަސައްކަތާއިގުޅޭ އެންމެހާ މަޢުލޫމާތާއި، ބީލަމާއިގުޅޭ ލިޔެކިޔުންތައް އީމެއިލް ކުރެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާނަމަ އެ މުއްދަތުގެ ތެރޭގައި ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމަތު އީމެއިލް ކުރެއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 18 ނޮވެމްބަރ 2025 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި ހއ.ތުރާކުނު ކައުންސިލްގެ އިދާރާގައެވެ.

 މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ތަންތަނާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ނުވަތަ މިއިދާރާގެ ނަމްބަރު 6500035، 6500107 ފޯނަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 އޮކްޓޫބަރު 2025