ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު
| 
 އިޢުލާން ނަމްބަރ: 137-IU/PR/2025/108  | 
 ޕްރޮޖެކްޓް ނަމްބަރ: 137-PR/2025/G-59  | 
| 
 
 ޕްރޮޖެކްޓްގެ ނަން:އައި.ޖީ.އެމް ހޮސްޕިޓަލުގެ ސްޕީޗް ތެރަޕީ ޑިޕާރޓްމަންޓަށް ބޭނުންވާ އެސެސްމެންޓް ޓޫލްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން  | 
|
އައި.ޖީ.އެމް ހޮސްޕިޓަލުގެ ސްޕީޗް ތެރަޕީ ޑިޕާރޓްމަންޓަށް ބޭނުންވާ އެސެސްމެންޓް ޓޫލްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަކަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް
- މި ބީލަމުގައި ބައިވެރިވާ ފަރާތަކީ އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ހުއްދަ ލިބިފައިވާ، ދާއިމީގޮތެއްގައި ހިނގަމުންދާ ތަނެއް ކަމުގައިވާންވާނެއެވެ. އަދި ސަރުކާރުގެ ގަވާއިދާއި އެއްގޮތްވާގޮތުގެމަތިން، ސަރުކާރުގެ ތަންތަނަށް މަސައްކަތްކޮށް ދިނުމަށް އެެއްބާރުލުމަށް އެއްބަސްވާ ފަރާތެއްކަމުގައިވާންވާނެއެވެ.
 - އަގު ހުށަހަޅަންވާނީ ޖީއެސްޓީ ހިމަނައިގެން މުޅި މަސައްކަތައްވާ ޖުމްލަ އެނގޭގޮތަށް ދީފައިވާ އައިޓަމްތަކަށެވެ.
 - ހުރިހާ އައިޓަމްއަކަށް އަގު ހުށަހަޅަންވާނެއެވެ.
 - މިކަމަށް ބޭނުންވާ ތަކެތީގެ ސްޕެސިފިކޭޝަންސްގެ ތަފްސީލާއި އަދަދު، މި މަޢުލޫމާތު ކަރުދާހާއި އެކު އެއްކަރުދާސް ކޮށްފައިވާނެއެވެ.
 - އަންދާސީ ހިސާބުގެ މުއްދަތު (ވެލިޑިޓީ ޕީރިއަޑް) މަދުވެގެން 90 ދުވަސް އޮންނަންވާނެއެވެ.
 
ހުށަހަޅަންޖެހޭ ތަކެތި
- އަންދާސީ ހިސާބު / މަސައްކަތްކޮށްދޭނެ އަގު، ޖީއެސްޓީ ހިމަނައިގެން
 - ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ/ ވަކި ފަރުދެއްނަމަ، މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ
 - ޖީ އެސް ޓީ ރަޖިސްޓްރޭޝަން ކޮޕީ (ރަޖިސްޓްރީ ކޮށްފައިވާނަމަ)
 
އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލު
- އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއް އަދި އެންމެ ކުރު މުއްދަތެއް ހުށަހަޅާފަރާތްތަކަށް ފުލް މާކްސް ލިބޭގޮތައް ޕްރޯރާޓާ އުސޫލުން.
 
#  | 
 ކެޓެގަރީ  | 
 މާރކްސް  | 
 މާރކްސް ދެވޭ އުސޫލު  | 
| 
 1  | 
 އަގު  | 
 90  | 
 އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް  | 
| 
 
  | 
 މުއްދަތު  | 
 10  | 
 އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް  | 
އަންދާސީ ހިސާބު ހުށަހަޅާނެގޮތް
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް
އައި.ޖީ.އެމް ހޮސްޕިޓަލް
އައި.ޖީ.އެމް. ހޮސްޕިޓަަލުގެ ސްޕީޗް ތެރަޕީއަށް ބޭނުންވާ އެސެސްމެންޓް ޓޫލްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ އިއުލާނުކަމާއި އަދި އިއުލާން ނަންބަރު ޖަހާފައި އޮންނަން ވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން
އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 10 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 11:00 ގައި އައި.ޖީ.އެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ހޯލްގައެވެ. އަދި އަންދާސީ ހިސާބު ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް
1- ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ހިލާފް މަޢުލޫމާތު ހިމަނައިފައިވުން
2- މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތޭ ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)
3- ޚިދުމަތްދޭފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން.
ނޯޓު:
- ހޮސްޕިޓަލުގެ ވެބްސައިޓް އިން މި އިޢުލާން އާއިބެހޭ މައުލޫމާތުތައް ލިބިވަޑައިގަންނަވާނެއެވެ.
 
https://www.igmh.gov.mv/publications/tenders/
2. މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،
ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯނު: +960 3335349 ، +960 3335254
އީމެއިލް [email protected]
ކޮޕީ: [email protected]