ބީލަން
ނަންބަރު: GS-155/IUL-PR/BID/2025/002
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 11:20
ސުންގަޑި: 12 ނޮވެންބަރު 2025 12:00
އޮމަދޫ ސްކޫލް، އދ. އޮމަދޫ
ދިވެހިރާއްޖެ
2026 ވަނަ އަހަރު އައުޓްސޯސްކޮށް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 

އިޢުލާން

 

2026 ވަނަ އަހަރު އައުޓްސޯސްކޮށް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

            2026 ޑިސެމްބަރ 31 ގެ ނިޔަލަށް މި ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޙުގެ ކުރިން ބީލަން ހުށަހެޅުމަށް ރަސްޖިސްޓްރީކޮށް ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ސުކޫލު ލައިބްރަރީއަށް ދުރުވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "2026 ވަނަ އަހަރު ސެކިއުރިޓީ ބަލަހައްޓައި ދިނުމަށްއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

 

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

މައުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ބަލައިގަތުމާއި ކެނޑުން

2025 އޮކްޓޯބަރ 27 ން 2025 އޮކްޓޯބަރ 30 ގެ 12:00 ގެނިޔަލަށް[email protected]

2025 ނޮވެމްބަރ 1 ން 2025 ނޮވެމްބަރ 4 ށް

މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަށް 6680840 ނަމްބަރަށް

2025 ނޮވެމްބަރ 12 ވަނަ ދުވަހު 13:00 ށް

        

           މި މަސައްކަތަށް ހުށަހަޅުއްވާ އަންދާސީހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި މި ސުކޫލުގެ ލައިބްރަރީގައި އޮންނާނެއެވެ. ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ގާނޫނު  (ޤާނޫނު ނަންބަރ: 2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ނަކަލެއް ގެންނެވުން އެދެމެވެ. ބަދަލުގައި އަންނަ ފަރާތްތަކުން ބަދަލުގައި އަންނަކަން އަންގައިދޭ ސިޓީއާއި ބަދަލުގައި އަންނަފަރާތުގެ އައިޑީ ކާޑުގެ ނަކަލެއް ގެންނަންވާނެއެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓް އީމެއިލް ކުރެވޭނެއެވެ.

              ބީލަމުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރި ކުރެއްވުމަށް މި ސުކޫލް ވެބްސައިޓަށް ޒިޔާރަތްކޮށް، ބީލާން ހުށަހެޅުމަށް ރެޖިސްޓްރީ ވުމަށް އެދޭ ފޯމް ފުރިހަމަ ކުރަށްވާށެވެ. އަދި ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މި ފުރުސަތުގައި ދަންނަވަމެވެ.  

ޝުކުރިއްޔާ

27 އޮކްޓޫބަރު 2025