ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LMS/468/2025/254
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 08:09
ސުންގަޑި: 04 އޮކްޓޫބަރު 2025 12:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތް ހޯދުން.

ފުވައްމުލަކު ދޫނޑިގަން އަވަށު ބޮޑުފަންނު ސަރަޙައްދު ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދަށް އަރާގޮތަށް ހުރި 39 ރުއްތަކުގެ ވެރިފަރާތް ހޯދުމަށްޓަކައި އެރުއްތަކުގައި ވަނީ 35 ން 73 އަށް ނަންބަރު ޖަހާފައެވެ.

ވީމާ، މިރުއްތަކުގެ ވެރިފަރާތެއްވާނަމަ 2025 ނޮވެންބަރު 04 ވާ އަންގާރަ ދުވަހުގެ 12:00 ގެކުރިން  މިދެންނެވުނު ރުއްތައް ރަޖިސްޓްރީ ކޮށްފައިވާކަމުގެ ލިޔުން، ނުވަތަ މިލްކުވެރިކަން އަންގާދޭ ލިޔުމުގެ ކޮޕީއަކާއެކު މިއިދާރާގެ ސިޓީ ޕްލޭނިންގ އެންޑް ޑިވަލޮޕްމަންޓް ސެކްޝަން (ކުރީގެ ފުވައްމުލަކު އޮފީސް) އަށް ހުށަހެޅުއްވުން އެދެމެވެ.

26 އޮކްޓޫބަރު 2025