ޢާންމު މަޢުލޫމާތު
                	
                ނަންބަރު: (IUL)321/321/2025/259
                    ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2025
                    ޕަބްލިޝްކުރި ގަޑި:  22:39
                    
                މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ވެލި ވިއްކުމުގެ އުޞޫލަށް ބަދަލު ގެނައުން
                                އިޢުލާނު
މި ކައުންސިލުން އެކުލަވާލައި ޢާއްމުކޮށްފައިވާ "ތުޅާދޫގެ އިޙްތިޞާސް ތެރެއިން ކައުންސިލްގެ ބެލުމުގެ ދަށުން ނަގާ ވެލި ވިއްކުމުގެ އުޞޫލް" ގެ 08 ވަނަ މާއްދާއަށް، 2025 އޮކްޓޫބަރު 20 ވަނަ ދުވަހު ބޭއްވި، ކައުންސިލްގެ 04 ވަނަ ދައުރުގެ 254 ވަނަ ޢާޢްމު ބައްދަލުވުމުން އިޞްލާޙް ގެނެސްފައިވެއެވެ. މި އިޞްލާހާ ގުޅިގެން، މިއަދުން ފެށިގެން (2025 އޮކްޓޫބަރު 23) ވެލި ވިއްކަމުންދާނީ، ގޯންޏެއް -/5 (ފަހެއް) ރުފިޔާގެ ރޭޓުންނެވެ.
މި އިޢުލާނާ އެކު އިސްލާހު ކުރެވިފައިވާ އުޞޫލު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެވިފައިވާ ވާހަކަ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިހެންވެ މިކަން އާއްމުކޮށް އަންގާ އަިޢުލާނުކުރީމެވެ
                23 އޮކްޓޫބަރު 2025