ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)328-BF/328/2025/157
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 10:53
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދެކުނު އަވަށު މައިޒާން ރޫޅާލައިގެން ނެގި ތަކެތި ވިއްކާގެން ލިބުނު ފައިސާ
ދެކުނު އަވަށު މައިޒާން ރޫޅާލައިގެން ނެގި ތަކެތި ވިއްކާގެން ލިބިފައިވަނީ 11,790.00 (އެގާރަހާސް ހަތްސަތޭކަ ނުވަދިހަ) ރުފިޔާއެވެ. އެމައިޒާން އިމާރާތްކުރުމުގައި އިސްކޮށްއުޅުއްވި ފަރާތްތަކުގެ ތެރެއިން މިއިދާރާއިން ބޭއްވި ބައްދަލުވުމަށް ހާޒިރުވެލެއްވި ބޭފުޅުންގެ އިއްތިފާގުން ނިންމެވީ އެމައިޒާނުގައި ހުރި ތަކެތި ވިއްކާލުމަށްފަހު ލިބޭ ފައިސާ، މިސްކިތްތަކަށް ބޭނުންވާ ކަންކަމަށް ޚަރަދުކުރުމަށެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
23 އޮކްޓޫބަރު 2025