ދިވެހިރާއްޖެ
އިއުލާން
އަރިއަތޮޅު އުތުރުބުރީފެރިދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާއި ގުޅޭ
މިކައުންސިލްގެ ނަމްބަރ A/IUL/344/2025/28 ( 01 ސެޕްޓެމްބަރ 2025 ) އިޢުލާނުން ފެރިދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ފޯމް ހުށައެޅުއްވުމަށް ހުޅުވާލާފައި ވަނިކޮށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަމްބަރ 221-CCS/344/2025/6 ( 10 ސެޕްޓެމްބަރ 2025 ) ސިޓީއިން ބަންޑާރަ ގޯތި ދޫކުރުމުގެ ކަންކަން މަޑުޖައްސާލުމަށް އެދިލެއްވުމުން، ( 14 ސެޕްޓެމްބަރ 2025 ) ގައި މިކައުންސިލްގެ 28 ވަނަ ކުއްލި ޖަލްސާއިން ނިންމަވައިގެން، ބަންޑާރަ ގޯތި ދޫކުރުމުގެ ކަންކަން މަޑުޖައްސާލައިފައި ވަނިކޮށް، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާގެ ނަމްބަރ 13-PU/344/2025/3 ( 13 އޮކްޓޫބަރ 2025 ) ގެ ސިޓީއިން ބަންޑާރަ ގޯތިދިނުން ކުރިއަށް ގެންދިއުމަށް ވިދާޅުވުމާއި ގުޅިގެން، މިކައުންސިލްގެ ނަމްބަރ 193 ވަނަ ޢާއްމު ޖަލްސާ ( 22 އޮކްޓޫބަރ 2025 ) އިންވަނީ A/IUL/344/2025/28 ( 01 ސެޕްޓެމްބަރ 2025 ) އިޢުލާނާއި ގުޅިގެންވާ ފޯމް ބަލައިގަތުން ކުރިއަށް ގެންދިއުމަށް ވަނީ ނިންމަވާފައެވެ.
ވީމާ، އަރިއަތޮޅު އުތުރުބުރީ ފެރިދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލަމެވެ. މިގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 (ދެހާސް) އަކަފޫޓުގެ 133 (ސަތޭކަ ތިރީސް ތިނެއް) ގޯއްޗެވެ. ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ފާސްކޮށްފައިވާ އއ.ފެރިދޫ ލޭންޑް ޔޫސް ޕްލޭން ގައި ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދު ތަކުންނެވެ.
ވީމާ، އިއުލާނާއެކު ގެޒެޓްކުރެވިފައިވާ "އއ.ފެރިދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޢުޞޫލު" ގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން ގެވަޅަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލަމެވެ.
ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ 23 އޮކްޓޫބަރ 2025 އިން 06 ނޮވެމްބަރ 2025 ގެ ނިޔަލަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 11:00 އަދި 13:00 އިން 14:00 މި އިދާރާގައެވެ. އިތުރު މައުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރ 6660545 ފޯނަށެވެ.