މަސައްކަތް
ނަންބަރު: FNK-K(T)/FNK/IUL/2015/106
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 10:05
ސުންގަޑި: 05 ނޮވެންބަރު 2015 12:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސ.ހިތަދޫ ސެންޓްރަލް އޭރިއާގެ ސްވަރޭޖް ޑިސްޗާރޖް ޕަންޕް ސްޓޭޝަނާއި އައުޓްފޯލް ޑިޒައިން މަސައްކަތްކުރާނެ ފަރާތެއް ހޯދުމާބެހޭ

މިކުންފުނީގެ ސ.ހިތަދޫ ސެންޓްރަލް އޭރިއާގެ ނަރުދަމާ ނިޒާމުގެ ސްވަރޭޖް ޑިސްޗާރޖް ޕަމްޕް ސްޓޭޝަން އަދި އައުޓްފޯލް ޑިޒައިންކޮށް ޤާއިމުކުރުމާއެކު، ސ. ހިތަދޫ ވެކިއުމް ސްޓޭޝަން 1،2 ގެ ޕްރެޝަރ ލައިންތައް ޑިސްޗާރޖް ޕަންޕް ސްޓޭޝަނަށް ގުޅައިދިނުމުގެ މަސައްކަތް މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ސ.ހިތަދޫ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 12 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ސ.ހިތަދޫ ބްރާންޗަށެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވާލީމެވެ.

9 މުޙައްރަމް 1437

29 އޮކްޓޫބަރު 2015