މަސައްކަތް
ނަންބަރު: (IUL)319/319/2025/64
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި:
02 ނޮވެންބަރު 2025 11:00
މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. މާޅޮހުގައި ގުދަނަކާއި ގަރާޖެއް ހެދުން-ދެވަނަ އިޢުލާން
ބ. މާޅޮހުގައި ގުދަނަކާއި ގަރާޖެއް އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް މި އިދާރާއިން ކުރި އިއުލާން ނަންބަރު:319/319/2025/61(IUL) ގައި ބައެއް މައުލޫމާތު މަދުވާތީ އިއުލާން ބާތިލްކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދޭނެ ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތްވާ ގޮތުގެ މަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ނަންނޯޓު ކުރުން / ރަޖިސްޓްރޭޝަން
|
- މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2025 އޮކްޓޯބަރ27 ވާ ހޯމަދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބިޑް ރަޖިސްޓްރީކުރައްވާނީ ކައުންސިލް އިދާރާއަށް ދުރުވެ، ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކޮށް ނުވަތަ މިކައުންސިލްގެ އީމެއިލް އެޑްރެސް([email protected]) އަށް ބިޑް ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު އީމެއިލް ކުރައްވައިގެންނެވެ.
|
|
މައުލޫމާތު ދިނުން
|
- މި މަސައްކަތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން 2025 އޮކްޓޯބަރ 27 ވާ ހޯމަދުވަހުގެ 11:00 އަށް ކައުންސިލް އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
- މައުލޫމާތު ސާފުނުކުރުއްވާ ބޭފުޅުންގެ އަންދާސީ ހިސާބުވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވެމެ.
|
|
އަގު ހުށަހެޅުން
|
- އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2025 ނޮވެމްބަރ 02 ވާ އާދިއްތަދުވަހު 11:00ގައި ބ.މާޅޮހު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
- އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ އަގު ޝީޓު ފުރިހަމަކޮށް ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.
- އީމެއިލް ޒަރިއްޔާ އިން ހުށަހަޅާ ބީލަންތައް ހުންނަންވާނީ ޕާސްވޯޑް ޕްރޮޓެކްޓް ކުރެވިފައިއެވެ.
ސުންގަޑީގެ ކުރިން އީމެއިލް ޒަރިއްޔާއިން ބީލަމާއި އެކު ޕާސްވޯޑް މި އިދާރާގެ ޕްރޮކިއުމަންޓް މެއިލް([email protected]) އަށް މެއިލް ކުރައްވަންވާނެއެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
- ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތަކުން ފޮނުވިދާނެއެވެ. ނަމަވެސް ބީލަންތައް ހުޅުވޭނީ ބީލަން ކެނޑުމަށް ހުށަހަޅާފައިވާ ގަޑީގައި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި ބީލަންތައް ކެނޑުމަށް ހުއްދަދެވިފައިވާ ލިޔުމަކުން ޕަވާއޮފް އެޓަރނީ ދެވިފައިވާ ފަރާތްތަކުގެ ހާޟިރުގައި އެކަންޏެވެ.
|
|
މަސައްކަތް ހަވާލުކުރުމުގައި ޕޮއިންޓް ދޭނެ އުސޫލު
|
- މަސައްކަތައް ހުށަހަޅާ އަގު % 90
- މަސައްކަތައް ހުށަހަޅާ މުއްދަތު % 10
|
|
އިތުރު މައުލޫމާތު
|
މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދެއްވުމަށް މި އިދާރާގެ ނަންބަރު 4006020 / 7612867 އަށް ގުޅުއްވުމަށް ދަންނަވަމެވެ.
|