ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)170-HR/170/2025/163
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 13:20
ސުންގަޑި: 28 އޮކްޓޫބަރު 2025 23:59
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ މެއިންޓެނަންސް އޮފިސަރ

 

މަޤާމު:

 

ސީނިއަރ މެއިންޓެނަންސް އޮފިސަރ

 

ބޭނުންވާ ޢަދަދު: 1

މަސައްކަތްކުރަން ޖެހޭ ތަން:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (މެއިން ކެމްޕަސް)

 

 

މަޤާމުގެ ގްރޭޑު/ ސްޕައިން ޕޮއިންޓު، މަޤާމުގެ ޝަރުޠުތައް، އަސާސީ މުސާރަ، އަދި ސަރވިސް އެލަވަންސް

މަޤާމު

ގްރޭޑް /

ސްޕައިން ޕޮއިންޓު

ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

 

 

ސީނިއަރ މެއިންޓެނަންސް އޮފިސަރ

 

ADG5/24

 

 

މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 23 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

ނުވަތަ،

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއިއެކު 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ގުޅޭ ދާއިރާއަކުން ލިބިފައިވުން

ނުވަތަ،

 އޭޑީޖީ ކްލެސިފިކޭޝަން 4 ގެ ރޭންކްގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 12 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން (އިންޓަރނަލް)

7151.26 ރުފިޔާ

3064.83 ރުފިޔާ

ADG5/25

 

އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 24 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

ނުވަތަ

 އޭ.ޑީ.ޖީ ކްލެސިފިކޭޝަން 5 ގެ ރޭންކުގައި ނުވަތަ އެޔާއި އެއްފެންވަރެއްގެ މަޤާމުގައި 2 އަހަރުގެ ތަޖުރިބާ ލިބިފައިވުމާއެކު މިފަދަ ތަޖުރިބާ  ވަޒަންކުރުމަށް އައި.ޔޫ.އެމް އިން ކަނަޑައަޅާފައިވާ މިންގަނޑުން ފާސްވުން

7372.44 ރުފިޔާ

3159.62 ރުފިޔާ

ADG5/26

 

 އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 25 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

ނުވަތަ

އޭ.ޑީ.ޖީ ކްލެސިފިކޭޝަން 5 ރޭންކުގައި ނުވަތަ އެޔާއި އެއްފެންވަރެއްގެ މަޤާމުގައި 4 އަހަރުގެ ތަޖުރިބާ ލިބިފައިވުމާއެކު މިފަދަ ތަޖުރިބާ  ވަޒަންކުރުމަށް އައި.ޔޫ.އެމް އިން ކަނަޑައަޅާފައިވާ މިންގަނޑުން ފާސްވުން

 

7600.45 ރުފިޔާ

3257.34 ރުފިޔާ

ADG5/27

 

 އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 26 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

ނުވަތަ

އޭ.ޑީ.ޖީ ކްލެސިފިކޭޝަން 5 ރޭންކުގައި ނުވަތަ އެޔާއި އެއްފެންވަރެއްގެ މަޤާމުގައި 6 އަހަރުގެ ތަޖުރިބާ ލިބިފައިވުމާއެކު މިފަދަ ތަޖުރިބާ  ވަޒަންކުރުމަށް އައި.ޔޫ.އެމް އިން ކަނަޑައަޅާފައިވާ މިންގަނޑުން ފާސްވުން

 

7835.52 ރުފިޔާ

3358.08 ރުފިޔާ

ADG5/28

 

އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 27 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

ނުވަތަ

އޭ.ޑީ.ޖީ ކްލެސިފިކޭޝަން 5 ރޭންކުގައި ނުވަތަ އެޔާއި އެއްފެންވަރެއްގެ މަޤާމުގައި 8 އަހަރުގެ ތަޖުރިބާ ލިބިފައިވުމާއެކު މިފަދަ ތަޖުރިބާ  ވަޒަންކުރުމަށް އައި.ޔޫ.އެމް އިން ކަނަޑައަޅާފައިވާ މިންގަނޑުން ފާސްވުން

 

 

8077.85 ރުފިޔާ

3461.94 ރުފިޔާ

ADG5/29

 

އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 28 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

ނުވަތަ

އޭ.ޑީ.ޖީ ކްލެސިފިކޭޝަން 5 ރޭންކުގައި ނުވަތަ އެޔާއި އެއްފެންވަރެއްގެ މަޤާމުގައި 10 އަހަރުގެ ތަޖުރިބާ ލިބިފައިވުމާއެކު މިފަދަ ތަޖުރިބާ  ވަޒަންކުރުމަށް އައި.ޔޫ.އެމް އިން ކަނަޑައަޅާފައިވާ މިންގަނޑުން ފާސްވުން

 

 

8327.68 ރުފިޔާ

3569.01 ރުފިޔާ

ADG5/30

 

އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 29 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

ނުވަތަ

އޭ.ޑީ.ޖީ ކްލެސިފިކޭޝަން 5 ރޭންކުގައި ނުވަތަ އެޔާއި އެއްފެންވަރެއްގެ މަޤާމުގައި 12 އަހަރުގެ ތަޖުރިބާ ލިބިފައިވުމާއެކު މިފަދަ ތަޖުރިބާ  ވަޒަންކުރުމަށް އައި.ޔޫ.އެމް އިން ކަނަޑައަޅާފައިވާ މިންގަނޑުން ފާސްވުން

 

 

8585.24 ރުފިޔާ

3679.39 ރުފިޔާ

 

ADG5/31

 

މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 ނުވަތަ އެއަށްވުރެން މަތީ ސަނަދެއް ހާސިލްކޮށްފައިވުން

ނުވަތަ،

މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5/6 ގެ ސަނަދެއް ހާސިލްކުރުމަށްފަހު 4 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދައިފައިވުން

ނުވަތަ،

އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 30 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

ނުވަތަ

އޭ.ޑީ.ޖީ ކްލެސިފިކޭޝަން 5 ރޭންކުގައި ނުވަތަ އެޔާއި އެއްފެންވަރެއްގެ މަޤާމުގައި 14 އަހަރުގެ ތަޖުރިބާ ލިބިފައިވުމާއެކު މިފަދަ ތަޖުރިބާ  ވަޒަންކުރުމަށް އައި.ޔޫ.އެމް އިން ކަނަޑައަޅާފައިވާ މިންގަނޑުން ފާސްވުން

 

 

8850.77 ރުފިޔާ

3793.19 ރުފިޔާ

 

 

 

އުޖޫރައާއި ޢިނާޔަތްތައް:

 

  • މުވައްޒަފަށް ދެވޭ އަސާސީ މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން ސްޕެޝަލް ޑިއުޓީ އެލަވަންސް (އަސާސީ މުސާރައިގެ35% ) ދެވޭނެއެވެ.
  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
  • ހަމަޖެހިފައިވާ އުޞޫލުން، މުވައްޒަފުންގެ ހެލްތު އިންޝިއުރަންސް ސްކީމްގައި ބައިވެރިކުރެވޭނެއެވެ.
  • ހަމަޖެހިފައިވާ އުޞޫލުން، މުވައްޒަފުންގެ ކްރެޑިޓް ސްކީމުގައި ބައިވެރިކުރެވޭނެއެވެ.

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • ޔުނިވާސިޓީއާއި ޔުނިވާސިޓީގެ ބެލުމުގެ ދަށުގައި ހުންނަ އިމާރާތްތަކުގައިވާ އެއަރކޮންޑިޝަންތައް ސަރވިސްކޮށް ޤަވާއިދުން ބަލަހައްޓަމުން ގެންދިޔުން.
  • ޔުނިވާސިޓީގެ ފާޚާނާތަކާއި ފަރުނީޗަރުތަކަށް ލިބޭ ގެއްލުންތައް ބަލައި، ތަނުގެ ފެސިލިޓީސް ބޭނުންކުރެވޭ ރަނގަޅު ހާލަތުގައި ބެހެއްޓުމަށް އަމިއްލައަށް ކުރެވޭވަރުގެ މަރާމާތުތައްކޮށް އަދި ބޮޑެތި މަރާމާތްތައް ވެރިންގެ އިރުޝާދުގެ މަތިން ކުރުވުން. (އަމިއްލައަށް ކުރެވޭނެ މަސައްކަތްތަކާއި ނުކުރެވޭނެ މަސައްކަތްތައް ނިންމާނީ ތަނުގެ ކަމާބެހޭ އިސް މުވައްޒަފެވެ.)
  • ކަރަންޓާގުޅުންހުރި މަސައްކަތްތައް ކުރުމާއި މަސައްކަތް ކުރުވުން
  • އޮފީހުގެ ފެންވައިރިންނާއި ގުޅުންހުރި މަސައްކަތްތައް ކުރުން. އަދި ދަށުން މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތްތައް ބަލަހައްޓުން
  • މެއިންޓެނަންސާ ގުޅޭ މަސައްކަތްތައް ކުރުމަށް ހުޅުވަންޖެހޭ ތަންތަން ހުޅުވައި، މަސައްކަތްކުރަމުންދާއިރު ތަނާއި ތަކެތި ޒިންމާދާރު ގޮތެއްގައި ބެލެހެއްޓުން.
  • ޔުނިވާސިޓީން ފޮނުވާ ސިޓީ/މެސެޖު/ދައުވަތު/އިޢުލާނު ފޮނުވުމާއި، ރައްދުކުރުން.
  • ޔުނިވާސިޓީގެ އިކްވިޕްމަންޓްތައް މަރާމާތުކުރުމުގައި ބައިވެރިވެ، ތަކެތި ބެލެހެއްޓުން.
  • ކޮންޓްރެކްޓް މަސައްކަތަށް ހަވާލުކުރެވިފައިވާ މެއިންޓެނަންސް މަސައްކަތްތަކުގެ ލޮގް ރިޕޯޓާއި މަސައްކަތް ކުރިގޮތުގެ ރިޕޯޓް ފުރިހަމަކުރުން.
  • ޔުނިވާސިޓީއަށް ހޯދަންޖެހޭ މުހިންމު ތަކެތީގެ އަގުބެލުން.
  • ބިދޭސީ މުވައްޒަފުންގެ ވިސާއާއި ވޯކްޕާމިޓް އާއި ގުޅިގެން އިމިގްރޭޝަން އަށް ގޮސް ކުރަންޖެހޭ ކަންކަން ކުރުމާއި  ބިދޭސީ މުވައްޒަފުނަށް ދައްކަންޖެހޭ ފައިސާ ދެއްކުމާއި ހޯދަންޖެހޭ ހުއްދަތައް ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
  • ސުޕަވައިޒަރު އަންގާ ގޮތެއްގެ މަތިން ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން ލައްވާ މަސައްކަތްތައް ކުރުވުމާއި މަސައްކަތްތައް ސުޕަވައިޒް ކޮށް ބެލެހެއްޓުން
  • މީގެ އިތުރުން ޑިޕާޓްމަންޓްގެ މެންޑޭޓުގެ ތެރެއިން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ސުޕަވައިޒަރު އަންގާ ގޮތެއްގެ މަތިން ކުރުން.

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް)

 

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (ދެ ފުށް ފެންނާނެހެން ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ އަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ކޮޕީ) 
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

 

ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް:

ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.

https://forms.gle/5C6BT4XM6vZSKADU8

އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.

އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.

 

 

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް:

  • 28 އޮކްޓޫބަރ 2025 ވަނަ ދުވަހުގެ 23:59 އަށް

 

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  •  މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 08:00 އިން 14:00 އަށެވެ.
  •  މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 29 އޮކްޓޫބަރ 2025 ވަނަ ދުވަހުން 20 ނޮވެންބަރ 2025 ވަނަ ދުވަހާ ދެމެދުގައެވެ. އިންޓަރވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ،  3022160 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

 

22 އޮކްޓޫބަރު 2025