ދިވެހިރާއްޖެ
ހދ ކުމުންދޫ މަސްޖިދުލް އަންވާރު އަދި މަސްޖިދުލް ފިރުދައުސްގެ ހަލާކުވެފައިވާ އޭސީތައް އަމިއްލަތަކެތީގައި ސާވިސްކުރުމާއި އޭސީ ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކޯޓޭޝަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 23 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލްގެ މެއިލް [email protected] ނުވަތަ މި ކައުންސިލްގެ ވައިބާރ 7510032 އަކަށް ވައިބާ ކޮށްދެއްވުން އެދެމެވެ. މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
|
ތަފްޞީލް |
ތާރީޚް |
ގަޑި |
|
ކޯޓޭޝަން ހުށައެޅުމުގެ ސުންގަޑި |
23 އޮކްޓޯބަރ 2025 (ބުރާސްފަތި) |
13:00 |
ކޯޓޭޝަން ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި މަސައްކަތް އެވޯޑު ކުރެވޭ ފަރާތަށް މެއިލްގެ ޒަރިއްޔާއިން ސާވިސް އޯޑާރ ފޮނުވޭނެ ކަމުގައި ދަންނަވަމެވެ. މި މަސައްކަތާއި ގުޅޭގޮތުން އިތުރު މައުލޫމާތެއް ބޭނުން ވާނަމަ 23 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 10:00ގެ ކުރިން މި ކައުންސިލްގެ [email protected] އަށް މެއިލްކުރުމުން ނުވަތަ 6520034 އަށް ގުޅުވުން އެދެމެވެ.