ބީލަން
ނަންބަރު: (IUL)313-MI/313/2025/89
ޕަބްލިޝްކުރި ތާރީޚް: 21 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި: 27 އޮކްޓޫބަރު 2025 10:00
މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށަށްޒިޔާރަތްކުރާ ފަތުރުވެރިން ބޭނުންކުރަމުންދާ ގެސްޓް ބީޗް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް

                                 `

 

މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ

ކުޑަރިކިލު، ދިވެހިރާއްޖެ

Secretariat of the Kudarikilu Council, South Maalhosmadulu

Kudarikilu, Rep of, Maldives

 

 (IUL)313-MI/313/2025/89 :ނަންބަރ

އިޢުލާން

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

               ރަށަށްޒިޔާރަތްކުރާ ފަތުރުވެރިން ބޭނުންކުރަމުންދާ ގެސްޓް ބީޗް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރ (IUL)313-MI/313/2025/84 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑް އަގުބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާޠިލްކޮށް ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.   ބީލަމުގައި ރަޖިސްޓްރީވާ ފޯމް މިއިދާރާއިންނާއި، ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. ބީލަން ހުށަހެޅޭނީ 27 އޮކްޓޫބަރ 2025 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ އީމެއިލްގެ ޒަރިއްޔާއިން ބީލަންވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 

          ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހެޅި ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2025 އޮކްޓޫބަރ 27 ވާ ހޯމަ ދުވަހުގެ 10:30 ގައި މިއިދާރާގައި އޮންނާނެއެވެ. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2025 ނޮވެންބަރ 02 ވާ އާދިއްތަ ދުވަހުގެ 10:00 ގައި މިއިދާރާގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި ، އިޢުލާން ނަންބަރާއި،ކޮންކަމަކަށް ހުށަހަޅާ އަންދާސީ ހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.  ބީލަން ފޮތް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލް އިދާރާ

 

ފޯން ނަންބަރ : 4000079

 

އީމެއިލް  : [email protected]

 

       މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

                    29   ރަބީޢުލްއާޙިރު    1447

 

                    21    އޮކްޓޯބަރ     2025                               

21 އޮކްޓޫބަރު 2025