ބީލަން
ނަންބަރު: (IUL)332-ESD/332/2025/139
ޕަބްލިޝްކުރި ތާރީޚް: 21 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 13:18
ސުންގަޑި:
30 އޮކްޓޫބަރު 2025 13:00
މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ލައިސަންސް ޓްރެކް ޤާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން!
- ކ.ދިއްފުށީގައި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އެއްގަމު އުޅަނދު ލައިސަންސް ޓްރެކް ޤާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
- މިބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) އާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ 22 އޮކްޓޫބަރު 2025 ން 28 އޮކްޓޫބަރު 2025 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 9:30 ން 12:45 އާއި ދެމެދު ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމުންނެވެ. ރަޖިސްޓްރީ ކުރެވޭނީ ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމް އަދި ފޯމާއި އެކު ހުށަހެޅުމަށް ބުނެފައިވާ ލިޔުންތައް މިއިދާރާއަށް ހުށަހަޅައިގެން ނުވަތަ މެއިލްކޮށްގެނެވެ. މެއިލް ކުރާނަމަ މެއިލް ކުރަންވާނީ މިއިދާރާގެ ޕްރޮކިއުމެންޓް މެއިލް [email protected] އަށެވެ. އިތުރު އެހެން މެއިލްތަކަށް ފޮނުވާ ރަޖިސްޓްރޭޝަން ފޯމްތަށް ބަލައެއްނުގަނެވޭނެއެވެ. އަދި ބިޑްފޮތް މެއިލްކުރާނަމަ މެއިލް ލިބުނުތޯ ރަޖިސްޓްރީ ކުރި ފަރާތުން ޔަޤީންކުރަންވާނެއެވެ. ރަޖިސްޓްރޭޝަން ފޯމް ގެޒެޓް، މިއިދާރާއިން، ވައިބާ ކޮމިއުނިޓީ ގްރޫޕް އަދި ފޭސްބުކް ޕޭޖުން ލިބެންހުންނާނެއެވެ.
- މިބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 29 އޮކްޓޫބަރު 2025 ވަނަދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރަންވާނެއެވެ.
- ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 30 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިންގ ހޯލްގައެވެ. ބީލަން ހުޅުވުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކުން (ބަދަލުގައި ފޮނުވާ ފަރާތްތައް) ކޮންކުންފުންޏަކުން ކަން އަދި ކާކުކަން އެނގޭފަދަ ރަސްމީ ލިޔުމެއް ގެންނަންވާނެއެވެ. މިލިޔުން ހުށަހަޅަންވާނީ ބީލަން ހުށަހަޅާ ސިޓީއުރައާއި ވަކިންނެވެ.
- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ
ސަލީމީހިގުން، ކ.ދިއްފުށި
ފޯން: 6640071
އީމެއިލް: [email protected]
21 އޮކްޓޫބަރު 2025