ބީލަން
ނަންބަރު: 614-A/2025/12
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 21:51
ސުންގަޑި: 29 އޮކްޓޫބަރު 2025 10:30
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އދ. ފެންފުށީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓުރޫމްގެ ބެކްޕެނަލް ހެދުމުގެ މަސައްކަތް

އދ. ފެންފުށީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓުރޫމްގެ ބެކްޕެނަލް ހެދުމުގެ މަސައްކަތް.

މި ކޯޓުގެ ކޯޓުރޫމްގެ ބެކްޕެނަލް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްކުރުމަށް ދެވޭ މަޢުލޫމާތާ އެއްގޮތަށް، އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 އޮކްޓޫބަރ 29 ވާ ބުދަ ދުވަހުގެ 10:30 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް މި ކޯޓަށް ހުށަހަޅަންވާނެއެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވަން ބޭނުންނަމަ ކަނޑައެޅިފައިވާ ގަޑި ޖެހުމުގެކުރިން [email protected] އަށް މެއިލް ކުރަންވާނެއެވެ. މިމަސައްކަތާ ގުޅޭ ޕްރީ-ބިޑް މީޓިންގ އޮންނާނީ 2025 އޮކްޓޫބަރ 29 ވާ ބުދަ ދުވަހުގެ 12:00 އިން 13:00 އަށް މި ކޯޓުގައެވެ.

އަންދާސީހިސާބު ބަލައިގަތުމާއި، ހުޅުވުން އޮންނާނީ އެކަމަށް ޚާއްޞަކޮށްގެން މި ކޯޓުގައި 2025 ނޮވެމްބަރ 06 ވާ ބުރާސްފަތި ދުވަހުގެ 12:00 ގައި ބާއްވާ ބައްދަލުވުމުގައެވެ.

ބީލަމުގައި ރަޖިސްޓްރީނުވާ ފަރާތްތަކާއި، ޕްރީ-ބިޑް މީޓިންގ އަށް ހާޟިރުނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

28 ރަބީއުލް އާޚިރާ 1447

20 އޮކްޓޫބަރ 2025

20 އޮކްޓޫބަރު 2025