ބީލަން
ނަންބަރު: (IUL)425-A2/1/2025/221
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 20:59
ސުންގަޑި: 30 އޮކްޓޫބަރު 2025 13:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ބޭނުންވާ 2 ގްލޯބަލް ޕަންޕު މިއިދާރާއަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ، (2 ވަނަ އިޢުލާން)

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ބޭނުންވާ 2 ގްލޯބަލް ޕަންޕު މިއިދާރާއަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކޮށްފައިވާ ނަންބަރު: (IUL)425-A2/1/2025/140 އިޢުލާނާ ގުޅިގެން ލިބިފައިވާ ޕްރޮޕޯސަލްތަކުގެ އަގު ބޮޑުކަމަށްވާތީ، އެއިޢުލާނު ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށާއި، އަގު ހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.

 

ތާރީޚް

ގަޑި

ތަން / ތަފްޞީލް

މަޢުލޫމާތު ސާފުކުރުން

23 އޮކްޓޫބަރ 2025 (ބުރާސްފަތި)

13:00

މާލެ ސިޓީ ކައުންސިލް ހޯލް،  ބޮޑުތަކުރުފާނު މަގު/ މީޓިން ރޫމް

އަގު ހުށަހެޅުން

30 އޮކްޓޫބަރ 2025 (ބުރާސްފަތި)

13:00

މާލެ ސިޓީ ކައުންސިލް ހޯލް،  ބޮޑުތަކުރުފާނު މަގު/ މީޓިން ރޫމް

 

މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ޙާޟިރުވާ ފަރާތަތަކުގެ އާންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

  • ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް ، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
20 އޮކްޓޫބަރު 2025