ދިވެހިރާއްޖެ
ހދ.ކުމުންދޫ ދަނޑުބިން ދޫކޮށްފައިވާ ސަރަހައްދުގައިވާ ކުމުންދޫ ކައުންސިލް އިދާރާއިން ފާހަގަކޮށްފައިވާ ރުއްގަހުގެ ވެރިފަރާތް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މަތީގައި ދެންނެވިފައިވާ ރުއްގަހުގެ ވެރިން 22 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން ރުއްގަހުގައި މިހާރު ކައުންސިލުން ޖަހާފައިވާ ތަރުތީބު ނަންބަރާއި އަދި އެރުއްގަހުގެ ވެރީންގެ ގޯތީގެ ރަޖިސްޓްރީ ނަންބަރު އެނގޭގޮތަށް ރުއްގަހުގައި ފާހަގަޖެއްސެވުމަށްފަހު މި އިދާރާއަށް ފޯމް ހުށައެޅުއްވުން އެދެމެވެ. މިއިޢުލާނުގެ މުއްދަތު ހަމަވާއިރު މައުލޫމާތު ސާފުނުވެ އެސަރަހައްދުގައި ރުއްގަސްހުރިނަމަ އެތަކެތިވެސް ހިމެނޭގޮތަށް ވެރިއަކުނެތް ރުއްގަސްކަމަށް ބަލައި އެތަކެތި ނައްތާލެވޭނެ ވާހަކަވެސް ދަންނަވަމެވެ. އަދި މިގޮތަށް ކަނޑާލެވޭ ރުއްގަހަށް ފަހުން ބަދަލުހޯދުމަށް އެދިއްޖެނަމަ އެފަރާތަށް ބަދަލުދެވޭނީ ޝަރުޢީ ކޯޓަށް ހުށަހަޅައި ކޯޓުން އެމައްސަލައެއް ނިންމާގޮތެއްގެ މަތީންނެވެ. މީގެ އިތުރުން ރުއްގަހުގެ ބަދަލު ދެވޭނީ ރުއްގަހުގެ ބަދަލު ފޯމުގެ ހުރިހާ އިޖުރާތްތަކެއް ފުރިހަމަކުރުމުން ކަމުގައި ދަންނަވަމެވެ. ރުއްގަސް ނެގުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ޗާޓު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަމިއްލަ ފަރާތްތަކުގެ ރުއްގަހުގެ މައުލޫމާތު ހުށައަޅާ ފޯމް އިދާރާއިން ލިބެންހުންނާނެއެވެ. އަދި ފޯމް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.