ދިވެހިރާއްޖެ
ނަންބަރު: 258/258/2025/81(IUL)
އިޢުލާން
ގޯލްޑެން ފުޓްސަލް މުބާރާތުގައި ބައިވެރިވާ ޓީމް "ޓީމް ހަނިމާދޫ" ފުޓްސަލްޓީމްގެ އެންމެހާ ކަންތައްތައް އިންތިޒާމްކޮށް މި ކައުންސިލުން ބޭނުންވާގޮތަށް ހިންގައިދޭނެ ފަރާތެއް ހޯދުން
ގޯލްޑެން ފުޓްސަލް މުބާރާތުގައި ބައިވެރިވާ ޓީމް "ޓީމް ހަނިމާދޫ" ފުޓްސަލްޓީމުގެ އެންމެހާ ކަންތައްތައް އިންތިޒާމްކޮށް މި ކައުންސިލުން ބޭނުންވާގޮތަށް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.
ތަފްސީލު |
ތާރީޙް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
29 އޮކްޓޯބަރ 2025 (ބުދަ) |
ހެނދުނު 11:00 / ހދ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާ މާލަމް |
އަންދާސީ ހިސާބު ހުށައެޅުން އަދި ހުޅުވުން |
10 ނޮވެމްބަރ 2025 (އާދީއްތަ) |
ހެނދުނު 11:00 / ހދ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާ މާލަމް |
އަންދާސީ ހިސާބު ހުށައެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކުންވެސް ހުށައެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށައެޅުއްވުން އޮންނާނީ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައިއެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި މަޢުލޫމާތު ސާފުކޮށް ރަޖިސްޓަރީވި ފަރާތްތަކަށާ، ރަޖިސްޓަރީ ކޮށްފައިވާ ކުލަބް ޖަމިއްޔާތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށައެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
28 ރަބީޢުލްއާޙިރް 1447
20 އޮކްޓޯބަރ 2025