ބީލަން
ނަންބަރު: (IUL)453/1/2025/92
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 13:40
ސުންގަޑި: 30 އޮކްޓޫބަރު 2025 13:00
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް
ދިވެހިރާއްޖެ
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ހިއުމަން ރިސޯސް މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމެއް ޑިވަލޮޕްކޮށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުންދޭ ޓެކްނިކަލް ސްޕެސިފިކޭޝަން އާއި އެއްގޮތަށް ހިއުމަން ރިސޯސް މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމެއް ހޯދުމަށް ކުރި އިއުލާން ނަންބަރު  (IUL)453/1/2025/86 މަސައްކަތުގެ ސްކޯޕަށް ބަދަލުގެންނަން ޖެހޭތީ، އަލުން މި މަސައްކަތަށް އިއުލާން ކުރަމެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުންދޭ ޓެކްނިކަލް ސްޕެސިފިކޭޝަން އާއި އެއްގޮތަށް ހިއުމަން ރިސޯސް މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2025 އޮކްޓޯބަރ 30 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ވެލާނާ އިންޓަރނޭޝަނަލް އެއާރފޯޓުގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ހެޑްކުއާރޓާސްއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2025 އޮކްޓޯބަރ 21 ވާ އަންގާރަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން 2025 އޮކްޓޯބަރ 29 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް ކޮމާންޑްގެ ޕާސް އެޑްމިން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މައުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

-          ބިޑް ހުށަހެޅުމުގައި ސަމާލުކަން ދޭންވީކަންކަން:

  1. އަގު ހުށަހަޅާއިރު އެނެކްސް 3 ގައިވާ ފޯމެޓް އާއި އެއްގޮތަށް އަގު ހުށަހެޅުމަށް
  2. 6,500 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށަހެޅުމަށް
  3. ސްޓޭޓްމެންޓް އޮފް ކޮމްޕްލައެންސް ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް (އެނެކްސް – 2)
    (ކޮންމެ ގަނޑެއްގައި ސޮއި އަދި ސްޓޭމްޕް ކުރުމަށްފަހު)
  4. އިވަލުއޭޝަން ކޮމިޓީއިން އެދިލުމުން ޑެމޮންސްޓްރޭޝަން ހުށަހެޅުމަށް ތައްޔާރުވުން

      ބިޑް ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިއުލާން ނަމްބަރ އެނގޭނޭހެން ބަޔާންކުރެއްވުމަށްފަހުއެވެ. މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2025 އޮކްޓޯބަރ 29 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން [email protected]   އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ހުޅުލޭގައި ހުންނަ މިކޮމާންޑުގެ ހެޑްކުއަރޓާޒްގައެވެ.

20 އޮކްޓޫބަރު 2025