ނީލަން
ނަންބަރު: (IUL)316/316/2025/110
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 13:16
މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިޔުން

މި އިދާރާގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތި ނީލަންކިޔުން 2025 އޮކްޓޫބަރު 22 ވާ ބުދަ ދުވަހު އޮންނާނެއެވެ. ވީމާ މި ނީލަމުގައި ބައިވެރިވުމަށް އެންމެހާ ފަރާތްތަކަށް ދައުވަތު އަރުވަމެވެ. ނީލަން ކިޔުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދެ ސަރަހައްދު ވަގުތާއެކު ތިރީގައި ހިއްސާކުރީމެވެ.  

ސަރަހައްދު

ނީލަން ފަށާ ގަޑި

ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި

ކައުންސިލް އިދާރާ

10:00

އެއާރ ކޮންޑިޝަނަރ، ކުޑަދޮރު

ލޯކަލް ޓޫރިޒަމް އަށް ހާއްސަކުރެވޭ ބީޗް ސަރަހައްދު

10:35

ރުއް (ވެއްޓިފައި)

ނީލަމުން ނެގޭ ތަކެއްޗަށްވާ ފައިސާ 2025 ނޮވެންބަރު 06 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މި އިދާރާއަށް ދައްކަންވާނެއެވެ. ނީލަމުން ނެގޭ ތަކެތި ދޫކުރެވޭނީ ފައިސާ ދެއްކުމުންނެވެ. އަދި ނީލަމަށް ހާޟިރުވާ ފަރާތްތަކަށް ނީލަމާއި ބެހޭ އިރުޝާދުތައް ނީލަން ފެށުމުގެ ކުރިން ދެވޭނެ ވާހަކަ ދަންނަވަމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓެއް މި އިޢުލާނާއެކު އާންމުކުރީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 އޮކްޓޫބަރު 2025