ޢާންމު މަޢުލޫމާތު
                	
                ނަންބަރު: (IUL)182-BC/182/2025/46
                    ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2025
                    ޕަބްލިޝްކުރި ގަޑި:  12:31
                                            ސުންގަޑި: 
                            20 ނޮވެންބަރު 2025 00:00
                        
                    
                މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ދިވެހިރާއްޖެ އިމްޕޯޓު ކުރާ ކާބޯތަކެއްޗައް ހުށަހަޅަމުންދާ ހެލްތު ސެޓްފިކެޓްތަކުގައި ހިމަނަންޖެހޭ މަޢުލޫމާތު
                                މި އޮތޯރިޓީގެ އިޢުލާން ނަންބަރު (IUL)182-BC/182/2025/34 ހަވާލާދީ ދަންނަވަމެވެ. ދިވެހިރާއްޖެ އިމްޕޯޓު ކުރާ ކާބޯތަކެއްޗައް ހުށަހަޅަމުންދާ ހެލްތު ސެޓްފިކެޓްތަކުގައި ހިމަނަންޖެހޭ މަޢުލޫމާތު ކޮޑެކްސް އެލިމެންޓޭރިއަސްގެ މިންގަޑަށް ގެނައުމަށް ދީފައިވާ މުއްދަތު 15 ޖަނަވަރީ 2026 ވަނަ ދުވަހާއި ހަމައަށް ވަނީ އިތުރުކުރެވިފައެވެ.
ވީމާ، މަތީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ފުރިހަމަނުވާ ހެލްތު ސެޓްފިކެޓާއި އެކު ދިވެހިރާއްޖެ އިމްޕޯޓު ކުރާ ބާވަތްތަކަށް 15 ޖަނަވަރީ 2026 ގެ ފަހުން ހެލްތު ކުލިއަރެންސް ނުދޭނެ ކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
                20 އޮކްޓޫބަރު 2025