ދިވެހިރާއްޖެ
(IUL)307/INDIV/2025/58:ނަންބަރު
އ.ތ.މ ކޮމެޓީގެ ފަރާތުން ކަބަލުންނަށް ޙާއްސަކޮށް ވޮލީ މުބާރާތެއް ބޭއްވުމާއި ގުޅޭ:
އ.ތ.މ ކޮމެޓީގެ ފަރާތުން 5 ނޮވެމްބަރ 2025 ގައި އިންނަމާދޫ އަންހެނުންނަށް ޚާއްސަކޮށްގެން ބާއްވާ ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ.
މިމުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ޓީމްތަކުން ޓީމް ލިސްޓް ހެދުމަށްފަހު 30 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް "ރަޖިސްޓްރީ ފޯމް" ހުށަހެޅުއްވުން އެދެމެވެ. ޓީމެއްގައި މަދުވެގެން ހިމެނޭނީ 8 މީހުންނެވެ. އަދި ގިނަވެގެން 10 މީހުންނެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ގޫގުލް ފޯމް މި އިޢުލާނާއިއެކު އާންމު ކުރީމެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ރަސްމީ ގަޑީގައި ނަމަ 6580052 އަދި ނުރަސްމީ ގަޑިތަކުގައިނަމަ (7331750) އ.ކައުންސިލް އޮފިސަރ ފާޠިމަތު ޔުސައިރާ އާއި ގުޅުއްވުން އެދެމެވެ.
މުބާރާތުގެ ވަނަތައް:
- ޗެމްޕިއަން ޓީމް : -/2000 (ދެހާސް ރުފިޔާ)
- ރަނަރަޕް ޓީމް : -/1500 (އެއްހާސް ފަސްސަތޭކަ ރުފިޔާ)
- ފެއާރ ޕްލޭ ޓީމް : -/1000 (އެއްހާސް ރުފިޔާ)
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
ޤަވާއިދު: https://drive.google.com/file/d/1w9vUuKBN7S4qjQitj_H_35oFFhxoQ1S4/view?usp=sharing