ދިވެހިރާއްޖެ
ތ. ވަންދޫ މެޖިސްޓްރޭޓް ކޯޓް ވަގުތީ ގޮތުން ހިންގުމަށް ޢިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލްއާ އެއްގޮތަށް ތ.ވަންދޫ މެޖިސްޓްރޭޓް ކޯޓު ނުވަތަ މިޑިޕާޓްމަންޓަށް ޙާޞިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ދެންނެވިފައިވާ ގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފްޞީލް |
ތާރީޚް/ ދުވަސް |
ގަޑި |
ޙާޟިރުވާންޖެހޭ ތަން |
މަޢުލޫމާތު ސާފުކުރުން |
21 އޮކްޓޯބަރ 2025 (އަންގާރަ) |
11:00 |
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން |
ތ.ވަންދޫ މެޖިސްޓްރޭޓް ކޯޓު |
|||
އަންދާސީ ހިސާބު ހުށަހެޅުން |
23 އޮކްޓޯބަރ 2025 (ބުރާސްފަތި) |
11:00 |
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން |
ތ.ވަންދޫ މެޖިސްޓްރޭޓް ކޯޓު |
މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް އަންގާފައިވާ ދުވަހު ތ.ވަންދޫ މެޖިސްޓްރޭޓް ކޯޓު ނުވަތަ މިޑިޕާޓްމަންޓަށް ޙާޟިރުވެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމަށްފަހު، ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ބާޠިލް ކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.
މި އިޢުލާނާއެކު ގެޒެޓުގައި އާއްމުމަޢުލޫމާތު ޝީޓު ޝާޢިއުކުރެވިފައިވާތީ، މަޢުލޫމާތަށް ހާޟިރުވާފަރާތްތަކަށް އެ މަޢުލޫމާތު ކަރުދާހުގެ އިތުރުކޮޕީއެއް ޕްރިންޓްކޮށްފައި ނުދޭނެއެވެ.
މިހެންވެ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.