ދިވެހިރާއްޖެ
މިކައުންސިލްގެ ފަރާތުން ރަސްމީބޭނުންތަކުގައި މާލެއާއި ވިލިމާލޭގެ ގޭގެއަށް ޒިޔާރަތްކުރާއިރުމާލެއާއި ވިލިމާލޭގެ ބައެއް ގެތަކުގައި މިހާރަކަށް އައިސް އާއްމުކޮށް ފެންނަ ގޮތަށް ގޭގެ ނަންބޯޑު ހަރުކޮށްފައި ނުހުންނަކަން މިކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ. އެހެންކަމުން ރަސްމީ ބޭނުންތަކާއި އެހެނިހެން ކަންކަމުގައި ގޭގެއަށް ޒިޔާރަތްކުރާއިރު ގޭގެ ނަންބޯޑު ހަރުކޮށްފައި ނެތުމުގެ ސަބަބުން މިކައުންސިލުން ފޯރުކޮށްދޭ ރަސްމީ ޚިދުމަތް ފޯރުކޮށް ދިނުމުގައި ދަތިތަކާ ކުރިމަތިވާތީ، މިކަން ހައްލު ކުރުމަށް މިއަދުން ފެށިގެން ހުރިހާ ގޭގޭގެ ނަންބޯޑު އާއްމުކޮށް ފެންނަގޮތަށް އިމާރާތުގެ ބޭރުގައި ހަރުކޮށްފައި ބެހެއްޓުމަށް ދަންނަވަމެވެ.
27 ރަބީޢުލްއާޚިރު 1447
19 އޮކްޓޫބަރ 2025