ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)88-ADHR/88/2025/548
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 11:56
ސުންގަޑި: 23 އޮކްޓޫބަރު 2025 14:00
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ކޮމްޕްލަޔަންސް އޮފިސަރ

މަޤާމު:

ކޮމްޕްލަޔަންސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-326317

އޮފީސް ޔުނިޓް/ ސެކްޝަން:

ކޮލިޓީ އެޝުއަރެންސް ސެކްޝަން

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓު (ވެލާނާގެ 5 ވަނަ ފަންގިފިލާ)

މުސާރަ:

6295.00

ސަރވިސް އެލަވަންސް:

2000.00

އެހެނިހެން އެލަވަންސް:

  1. ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35 (މަހަކު)
  2. މި މަޤާމަކީ ޓެކްނިކަލް ކޯ އެލަވަންސް ދެވޭ މަޤާމަކަށްވާތީ، މި މަޤާމަށް ޓެކްނިކަލް ކޯ ދެވޭ ތައުލީމީ ރޮނގަކީ ޓޫރިޒަމް އެވެ. ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި ދެވޭނީ މުސާރައިގެ  % 28 (މަހަކު)
  3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ ޢުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ފަތުރުވެރިކަމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެ އޮޕަރޭޓިންގ ލައިސަންސް ދީފައިވާ ފަތުރުވެރިން ބައިތިއްބާ ތަންތަނާއި، ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގެ ފެނަވަރުހުރީ ޤަވާއިދުތަކާއި އުސޫލްތަކާއި އެއްގޮތަށްތޯ ބެލުމަށް އިންސްޕެކްޝަންތައް ރާވާ، އިންސްޕެކްޝަންތައް ހަދާ ރިޕޯޓް ތައްޔާރުކޮށް ކަމާއިގުޅުންހުރި ފަރާތްތަކާއި ހިއްސާކުރުން އަދި އެފަރާތްތަކަށް އަނަގަންޖެހޭ ކަންކަންވާނަމަ އެމަސައްކަތްކުރުން.

2- ފަތުރުވެރިކަމާގުޅުންހުރި ފެސިލިޓީސް އަދި ޚިދުމަތުގެ މިންގަޑުތަކާއި ފެންވަރު އަދި ދަރަޖަ ކަނޑައެޅުން ބޭނުންވާ ޤަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމުގައި ޢަމަލީގޮތުން މަސައްކަތް ކުރުން އަދި އެކަންކަމަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ތަންފީޒްކުރުން.

3- ފަތުވެރިން ބައިތިއްބާ ތަންތަނާއި، ފަތުރުވެރިންނަށް ޚިދުމަތްދޭން ބޭނުންވާ ތަންތަނުން މިނިސްޓްރީއަށް އޮޕަރޭޓިންގ ލައިސަންސެއް ހޯދުމަށް ހުށައެޅުމުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަންކުރުން އަދި ފެންވަރު ބެލުމަށްޓަކައި އިންސްޕެކްޓްކުރަންޖެހޭ ތަންތަން އިންސްޕެކްޓްކުރުން އަދޮ އެއަށްފަހު ރިޕޯޓްތައްޔާރުކޮށް އޮޕަރޭޓިންގ ލައިސަންސް ދޫކުރުމުގެ ކަންތައްތައް ހަމަޖެއްސުމަށްޓަކައި ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ރަޖިސްޓްރޭޝަން އަދި ލައިސަންސިންގް ސެކްޝަނަށް ފޯރުކޮށްދިނުން.

4- ފަތުރުވެރިކަމަށް ޚިދުމަތް ދިނުމަށް މިނިސްޓްރީއިން ކުއްޔަށް ދޫކުރެވޭ ރަށްރަށް، ބިން ބިން، ފަޅު ފަޅުތަކުގައި ހަދާ ތަންތަން ތަރައްޤީކޮށް ނިމުމުން ހުޅުވުމަށްޓަކައި ފުރިހަމަކުރަންޖެހޭ ޕްރީއޯޕަނިންގ އިންސްޕެކްޝަންތައް ހެދުމުގައި ޑިވެލޮޕްމަންޓް ސެކްޝަންއާއި ވިލަރެސްކ ކޮށްގެން އެމަސައްކަތްކުރުން އަދި އެކަމާއި ބެހޭ ރިޕޯޓް ތައްޔާރުކުރުން އަދި ފޮލޯއަޕް ހެދުން.

5- މިނިސްޓްރީއިންކުރާ އިންސްޕެކްޝަންތަކާ ގުޅޭ ގޮތުން ފާހަގަވާ ކަންކަން އެކި ސެކަޟަންތަކާއި އަދި މުއައސަސާތަކާއި ވިލަރެސްކޮށް އަދި އެ ކަންކަމުގެ ރިޕޯޓު /ސިޓި ތައްޔާރުކޮށް  ފޮނުވުން.

6- ލާމަރުކަޒީ އުސޫލުން އިދާރީ ހިންގުމަށް މަގުފަހިކުރުމަށްޓަކައި މިނިސްޓްރީގެ މޮނިޓަރިންގ އަދި ރެގިއުލޭޓަރީ މަސައްކަތްތަކަށް އަހުލުވެރިކުރުވުމަށްޓަކައި ކައުންސިލްތަކުގެ މުވައްޒަފުންނަށް ޓޫރިސްޓް ގެސްޓްހައުސް އިންސްޕެކްޝަން ތަމްރީނުތަކަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުމާއި އަދި ތަމްރީނުތައް ރާވާ ހިންގުން.

7- ލާމަރުކަޒީ އުސޫލުން އިދާރީ ހިންގުމަށް މަގުފަހިކުރުމަށްޓަކައި މިނިސްޓްރީގެ މޮނިޓަރިންގ އަދި ރެގިއުލޭޓަރީ މަސައްކަތްތަކަށް އަހުލުވެރިކުރުވުމަށްޓަކައި ހޮވޭ ކައުންސިލްތަކުގެ މުވައްޒަފުންގެ ދަފްތަރު ބެލެހެއްޓުން އަދި އިންސްޕެކްޝަންތަކުގެ ކަނޑައެޅިފައިވާ ފެންވަރު އަދި މިންގަނޑުތަކާއި ބެހޭ މުޢާމަލާތްތައްކުރުން އަދި ވިލަރެސްކުރުން.

8- ފަތުރުވެރިކަމާގުޅުންހުރި ފެސިލިޓީސް އަދި ޚިދުމަތުގެ މިންގަޑުތަކާއި ފެންވަރު އަދި ދަރަޖަ ކަނޑައެޅިފައިވާ ޤަވާއިދުތަކާއި އުސޫލުތަކާއި ގުޅޭގޮތުން ފެސިލިޓީތަކަށް އަންގަން ޖެހޭ އެންގުންތައް އެންގުން އަދި އެކަންކަމުގެ ރެކޯޑު ބެލެހެއްޓުން.

9- އިންސްޕެކްޝަންތަކާއި ގުޅިގެން އެކުލަވާލާ ރިޕޯޓް އެއްގޮތްވާ ގޮތުގެ މަތީން އެކުލަވާލާ އޭގެ މައްޗަށް ބިނާކޮށް ކޮންމެ އަހަރަކަށް ކުރަންޖެހޭ މަސައްކަތުގެ ޕްލޭންތައް ތައްޔާރު ކުރުން އަދި އެކަންކަމަށް ޢަމަލުކުރުމަށް ވިލަރެސްކުރުން.

10- ފަތުރުވެރިކަމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެ އޮޕަރޭޓިންގ ލައިސަންސް ދީ ފާއިވާ ފަތުރުވެރިން ބައިތިއްބާ ތަންތަނާއި، ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގެ ފެންވަރުބަލާ އެތަންތަނުންދޭ ޚިދުމަތްތަކާއި ބެހޭގޮތުން ކުރެވޭ އިންސްޕެކްޝަންތަކާއި އަދި މިނިސްޓްރީއަށް ހުށަހެޅޭ މިފަދަ މައްސަލަތަކާ ގުޅޭގޮތުން ހޯދަންޖެހޭ މަޢުލޫމާތާއި ލިޔުންތައްހޯދާ ރިޕޯޓް ތައްޔާރުކުރުން.

11- ފަތުރުވެރިކަމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެ އޮޕަރޭޓިންގ ލައިސަންސް ދީފައިވާ ފަތުރުވެރިން ބައިތިއްބާ ތަންތަނާއި، ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގެ ފެންވަރުބަލާ އެތަންތަނުންދޭ ޚިދުމަތްތަކާއި ބެހޭގޮތުން ކުރެވޭ އިންސްޕެކްޝަންތަކާއި އަދި މިނިސްޓްރީއަށް ހުށަހެޅޭ މިފަދަ މައްސަލަތައްބަލާ ފިޔަވަޅު އަޅަންޖެހޭ ތަންތަނަށް ފިޔަވަޅު އެޅުމަށް ވިލަރެސްކުރުން އަދި ރެކޯޑް ބެލެހެއްޓުން.

12- މިނިސްޓްރީން އިންސްޕެކްޝަން ކުރާ ތަންތަނުގެ ތެރެއިން ފާހަގަކުރެވޭ ކޮމްޕްލަޔަންސް މައްސަލަތައް ހުންނަ ތަންތަނުގެ ކަންކަން ބަލައި މޮނިޓަރކުރުން އަދި މި ކަމަށް ކުރަންޖެހޭ އިންސްޕެކްޝަންތައް ކުރުން އަދި އެކުލަވާލަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުން އަދި ފިޔަވަޅު އަޅަންޖެހޭ ތަންތަނަށް ފިޔަވަޅު އެޅުމަށްޓަކައި ކަމާބެހޭ ސެކްޝަންތަކާ ނުވަތަ ކަމާބެހޭ ސަރުކާރުގެ މުވައްސަސާތަކާ ގުޅިގެން މަސައްކަތްކުރުން.

13- އަހަރު ނިމޭއިރު ކުރެވިފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު އަހަރީ ރިޕޯޓަށް ބޭނުންވާގޮތަށް ޚުލާސާކޮށް ވުޒާރާގެ އަހަރީ ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ކަނޑައެޅިފައިވާ ވަގުތަށް ފޯރުކޮށްދިނުން.

14- އަހަރުން އަހަރަށް ކުރަންޖެހޭ މަސައްކަތްތަކާ ހިންގަންޖެހޭ ޕްރޮގްރާމްތައް ރާވާ ބަޖެޓް ތައްޔާރުކުރުމާއި އަދި ބޭރުގެ އެހީދޭ ފަރާތްތަކާއި މަސައްކަތުގެ ދާއިރާއާއި ގުޅުންހުރި ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މަރުކަޒުތަކާއިއެކު ކުރެވޭ މަސައްކަތްތައް ސުޕަވައިޒުގެ އިރުޝާދުގެ ދަށުން ވިލަރެސްކޮށް ހިންގުމުގައި އެހީތެރިވެދިނުން.

15- އިންޑަސްޓްރީ ސްޓެންޑަޑްސް އެންޑް ކޮމްޕްލަޔަންސް ސެކްޝަން ލިޔެކިއުންތައް ބެލެހެއްޓުމާއި ކަމާއިގުޅޭ ތަފާސްހިސާބުގެ އިދާރީ މަސައްކަތް ކުރުން

16- ސެކްޝަނުންނާއި މިނިސްޓްރީއިން ހިންގާ ޚާއްސަ ޕްރޮގްރާމްތަކާއި މަޝްރޫޢުތަކުގައި ބައިވެރިވުން.

17- ސެކްޝަންގެ/ޑިޕާރޓްމެންޓްގެ ގުޅުންހުރި ސެކްޝަންގެ އެހެން މުވައްޒިފަކު ސަލާމްގައި ނުވަތަ ޗުއްޓީގައި ހުންނައިރު އެމުވައްޒިފެއްގެ ދުވަހުން ދުވަހަށް ނިންމަން ޖެހޭ މުހިއްމު މަސައްކަތްތައް ފުރިހަމަކޮށްދިނުން.

މަޤާމުގެ ޝަރުޠުތައް:

1- މަޤާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • ޓޫރިޒަމް
  • ޕަބްލިކް ޕޮލިސީ 
  • ސްޓެޓިސްޓިކްސް 
  • އެޕްލައިޑް މެތަމެޓިކްސް 

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:

  • ނެތް

މަޤާމުގެ ކޯ ޑިސިޕްލިން:

  • ޓޫރިޒަމް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ޓޫރިޒަމް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23  އޮކްޓޫބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، އީ-މެއިލް މެދުވެރިކޮށް [email protected] އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން އާއިއެކު ހުށަހަޅާ ހުރިހާ ޑޮކިއުމަންޓެއް އެއްފައިލް އަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު މެއިލް ކުރައްވާއިރު މެއިލްގެ ސަބްޖެކްޓްގެ ގޮތުގައި މަޤާމުގެ ނަން ޖެއްސެވުން އެދެމެވެ.

ޝޯޓްލިސްޓުކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިޙާނާއި އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިހާނު އޮންނާނީ 24 އޮކްޓޫބަރު 2025 އާއި 31 ނޮވެންބަރު 2025  އާއި ދެމެދު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގައެވެ. އަދި މިމުއްދަތުގެ ތެރޭގައި އިންޓަރވިއު ނުބޭއްވޭނަމަ ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރަންޖެހޭ ފަރާތްތަކަށް މުއްދަތު ހަމަވުމުގެ ކުރިން އެކަން އެންގޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3022226 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

16 އޮކްޓޫބަރު 2025