އިޢުލާނު
|
މަޤާމު:
|
ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް
|
މަޤާމުގެ ނަންބަރު:
|
J-418037
|
ބޭނުންވާ އަދަދު:
|
1
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
އީ.އެކްސް 3
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމަންޓް، ޕޮލިސީ އެންޑް ސަރވިސް ޑިވިޜަން / މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، މާލެ
|
މުސާރަ:
|
-/11065 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
-/2000 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35 (މަހަކު)
- ޓެކްނިކަލް ކޯ ގެ ޝަރުތު ފުރިހަމަވާ ފަރާތެއްނަމަ ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %28. އަދި ޓެކްނިކަލް ކޯ އެލަވަންސް އަށް ޝަރުތުހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު 1100.00 ރުފިޔާ
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ސަރުކާރުގެ ސިޔާސަތުތަކާއި ލަނޑުދަނޑިތައް ޙާސިލް ކުރެވޭނޭ ގޮތަށް ފެނާއި ނަރުދަމާ ނިޒާމާއި ގުޅުންހުރި އެންމެހާ ޕޮލިސީތައް އެކުލަވާލުމުގައި ބޭނުންވާ އެހީތެރިކަންދީ އަމަލީ ގޮތުން އެކަންކަމުގައި ބައިވެރިވުން.
- ސަރުކާރުގެ ސިޔާސަތާއި އެއްގޮތްވާ ގޮތުގެމަތިން ފެނާއި ނަރުދަމާ ނިޒާމްގެ އެކްޝަން ޕްލޭންތައް އެކުލަވާލައި ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކަނޑައެޅިފައިވާ ގޮތުގެ މަތިން ކުރުން.
- ފެނާއި ނަރުދަމާގެ ޤާނޫނާއި ޤަވާއިދުތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތުތައް އެއްކޮށް ކަމާ ބެހޭ ފަރާތްތަކަށް ފޯރުކޮށް ދިނުން.
- ފެނާއި ނަރުދަމާގެ ޤާނޫނާއި ޤަވާއިދުތައް ނިންމުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް ރާވާއި ތަންފީޒުކުރުން.
- ފެނާއި ނަރުދަމާ ސެކްޓަރއަށް އިންވެސްޓް ކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކުގެ މެދުގައި ވާދަވެރި ވިޔަފާރީގެ މާހައުލެއް ޤާއިމް ކުރުމަށްޓަކައި އެސެސްމަންޓެއް އެކުލަވާލައި ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅައި އެކަންކަން ތަންފީޒު ކުރުމަށްޓަކައި ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- ބޭރުގެ އެހީދޭ ޖަމިއްޔާ ޖަމާއަތްތަކާއި ގުޅިގެން ސެކްޓަރ ޕްރޮގްރާމްތަކާއި އެކްޓިވިޓީތައް ފުރިހަމަ ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް، ސެކްޓަރ ވާރކް ޕްލޭންގައި ހިމަނައި އެ ފަރާތްތަކާއި ގުޅިގެން އެކަންކަން ރާވައި ކުރިއަށް ގެންދިޔުން.
- ރަށްރަށުގައި ޤާއިމްކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމްތަކުން ޔޫޓިލިޓީ ކުންފުނިތަކުން ދެމުންދާ ޚިދުމަތްތައް މޮނިޓަރކޮށް ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާރޓްމަންޓްގައި މަސައްކަތްކުރާ މުވައްޒަފުންނާއި ޔުޓިލިޓީ ކުންފުނިތަކުގައި ފެނާއި ނަރުދަމާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ފަންނީ ޤާބިލުކަން ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.
- ޑިވިޝަންގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތްތައް ބަލައި، ސްޕަވައިޒް ކުރެއްވުމާއި، މަސައްކަތްތަކާއި ގުޅިގެން މުވައްޒަފުންނަށް ދޭންޖެހޭ ލީޑަރޝިޕް، ގައިޑެންސް ދިނުމާއި މުވައްޒަފުންނަށް، ބޭނުންވާވަސީލަތްތައް ހޯދައިދިނުމަށް މަގުފަހި ކޮށްދީ، ދިމާވާ ފަންނީ އަދި އެހެނިހެން މަސްއަލަތައް ޙައްލުކުރުމުގައި އެހީތެރިވެ ދިނުން.
- ޑިވިޝަންގެ ސްޓާފް މީޓިންގ ބާއްވާ ކޮންމެ އަހަރަކަށް ސެކްޓަރ އިން ތައްޔާރު ކުރާ ވާރކްޕްލޭން އާއި އަހަރީ ބަޖެޓް އެކުލަވާލުމާއި ފައިނަލްކުރުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- މީގެ އިތުރުން ޑިޕާރޓުމަންޓުން ކުރިއަށް ގެންދާ މަޝްރޫޢުތަކާއި ބޭހޭ އެހެނިހެން މަސައްކަތްތައް ވެސް ޒިންމާދާރު ގޮތެއްގައި ކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
- މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
- އެޓްމޮސްފިއަރިކް ކެމިސްޓްރީ
- އެޓްމޮސްފެރިކް ސައިންސް
- ބަޔޯ ޑައިވާސިޓީ
- ކެމިކަލް އިންޖިނިއަރިންގ
- ކެމިސްޓްރީ
- ކްލައިމެޓް ޗޭންޖް
- ކްލައިމެޓް ސައިންސް
- ކްލައިމެޓޮލޮޖީ
- ކޮމްޕިއުޓަރ ސައިންސް
- ޑިވެލޮޕްމަންޓް ސްޓަޑީޒް
- އެނަރޖީ
- އެނާޖީ އިންޖިނިއަރިންގ
- އެނާރޖީ މެނޭޖްމަންޓް
- އެންވަޔަރަންމެންޓަލް ކެމިސްޓްރީ
- އެންވަޔަރަންމެންޓަލް އިކޮނޮމިކްސް
- އެންވަޔަރަންމެންޓަލް އިންޖިނިއަރިންގ
- އެންވަޔަރަންމެންޓަލް މެނޭޖުމަންޓު
- އެންވަޔަރަންމަންޓަލް ޕޮލިސީ
- އެންވަޔަރަންމެންޓަލް ސައިންސް
- އެންވަޔަރަމެންޓަލް ސްޓަޑީޒް
- އިންފޮމޭޝަން ރިސޯސަސް މެނޭޖްމަންޓް
- އިންޓަނޭޝަނަލް ރިލޭޝަންސް
- މެރިން ބަޔޮލޮޖީ
- މެރިން ކެމިސްޓްރީ
- މެކޭނިކަލް އިންޖިނިއަރިންގ
- ޕްރޮޖެކްޓު މެނޭޖުމަންޓު
- ކޮންޓިޓީ ސާވޭއިންގް
- ސްޕާޝިއަލް ސައިންސް
- ސްޓެޓިސްޓިކްސް
- ސާވޭއިންގް އިންޖިނިއަރިންގް
- ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް
- އަރބަން ޕްލޭނިންގ
- ވޭސްޓް މެނޭޖްމަންޓް
- ވޯޓަރ އެންޑް ސެނިޓޭޝަން
- ވޯޓަރ ކެމިސްޓްރީ
- ވޯޓަރ އިންޖީނިއަރިންގ
- ވޯޓަރ މައިކްރޯބައޮލޮޖީ
- ވޯޓަރ ރިސޯސް މެނޭޖްމަންޓް
- ވޯޓަރ ސައިންސް
- ވޯޓަރ ޓެކްނޮލޮޖީ
ޕްރިފަރޑް ޑިސިޕްލިން(ތައް):
ކޯ ޑިސިޕްލިން(ތައް):
- ޑިވެލޮޕްމަންޓް ސްޓަޑީޒް
- އެނަރޖީ
- އެނާޖީ އިންޖިނިއަރިންގ
- އެނާރޖީ މެނޭޖްމަންޓް
- އެންވަޔަރަންމެންޓަލް ކެމިސްޓްރީ
- އެންވަޔަރަންމެންޓަލް އިކޮނޮމިކްސް
- އެންވަޔަރަންމެންޓަލް އިންޖިނިއަރިންގ
- އެންވަޔަރަންމެންޓަލް މެނޭޖުމަންޓު
- އެންވަޔަރަންމަންޓަލް ޕޮލިސީ
- އެންވަޔަރަންމެންޓަލް ސައިންސް
- އެންވަޔަރަމެންޓަލް ސްޓަޑީޒް
- ޕްރޮޖެކްޓު މެނޭޖުމަންޓު
- ވޯޓަރ އެންޑް ސެނިޓޭޝަން
- ވޯޓަރ ކެމިސްޓްރީ
- ވޯޓަރ އިންޖީނިއަރިންގ
- ވޯޓަރ މައިކްރޯބައޮލޮޖީ
- ވޯޓަރ ރިސޯސް މެނޭޖްމަންޓް
- ވޯޓަރ ސައިންސް
- ވޯޓަރ ޓެކްނޮލޮޖީ
|
ގުޅޭވަޒީފާގެ ދާއިރާތައް:
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 އޮކްޓޫބަރު 23 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
ނޯޓް: އެޕްލިކޭޝަނާއިއެކު ހުށަހަޅާ ހުރިހާ ލިޔެކިޔުންތައް އެއް ފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު މެއިލް ކުރައްވާއިރު މެއިލްގެ ސުރުހީގެ ގޮތުގައި މަޤާމުގެ ނަން ޖެއްސެވުންއެދެމެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 26 އޮކްޓޫބަރު 2025 އާއި 16 ނޮވެންބަރު 2025 އާ ދެމެދު، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3018329،3018324 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|