ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)195-A-HR/195/2025/43
ޕަބްލިޝްކުރި ތާރީޚް: 15 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 13:31
ސުންގަޑި: 26 އޮކްޓޫބަރު 2025 13:00
ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1  

ރޭންކް

ޖީ.އެސް 3

ބޭނުންވާ ޢަދަދު

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން

ޖުޑީޝަލް ސަރވިސް ކޮމިޝަން

ޑިޕާޓްމަންޓް/ސެކްޝަން

ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސެކްޝަން

އަސާސީ މުސާރަ

-/6,611 ރުފިޔާ

އެލަވަންސާއި އިތުރު ގަޑި

ލިވިންގ އެލަވަންސް : -/3,000 ރުފިޔާ

ނޮން ޕްރެކްޓިސް އެލަވަންސް (އަސާސީ މުސާރައިގެ %50): 3,305/50 ރުފިޔާ

ހާޒިރީ އެލަވަންސް (ހާޒިރީ އެލަވަންސް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުން) 100/- ރުފިޔާ

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އަސާސީ ޝަރުތު

  1. އޯ.ލެވެލް އިމްތިޙާނުން 'އިނގިރޭސި' އާއެކު އިތުރު ތިން (3) މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުމާއެކު، އެސް.އެސް.ސީ. އިމްތިޙާނުން 'ދިވެހި' އަދި 'އިސްލާމް' މި ދެ (2) މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން ނުވަތަ،
  2. އޭ.ލެވެލް އިމްތިޙާނުން 'އިނގިރޭސި' އާއެކު އިތުރު ދެ (2) މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، އެސް.އެސް.ސީ. އިމްތިޙާނުން ނުވަތަ އެއަށްވުރެ މަތީ އިމްތިޙާނަކުން 'ދިވެހި' އަދި 'އިސްލާމް' މި ދެ (2) މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން ނުވަތަ،
  3. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދަކާއެކު ޖީ.އެސް 2 ނުވަތަ އެއަށްވުރެ މަތީ ރޭންކެއްގެ މަޤާމެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކޮމިޝަނުގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި ވަކިކުރުމާއި މަޤާމުގެ ކުރިއެރުން ދިނުމާބެހޭ އެންމެހާ އިދާރީ ކަންތައްތައް ކުރުމާއި އެކަމާ ގުޅޭ ރެކޯޑްތައް ބެލެހެއްޓުން.
  2. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކާ އިންޓަރވިއު ކުރުމަށް އެކުލަވާލާފައިވާ އިންޓަރވިއު ޕެނަލްގެ އިދާރީ އެންމެހާ ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުން.
  3. މުވައްޒަފުންގެ ހާޒިރީ، ސަލާމް އަދި ޗުއްޓީ އާ ގުޅޭ ކަންކަން އެކަމަށް ކަނޑައަޅާފައިވާ ވަގުތުގައިކުރުމާއި އެކަމާ ގުޅޭ ރެކޯޑްސް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  4. ކޮމިޝަނުގެ މުވައްޒަފުންގެ ޕާރފޯމަންސް ބެލުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި ރެކޯޑްތައް ބެލެހެއްޓުމުގައި ސުޕަވައިޒަރުގެ ލަފައާއެކު އެ މަސައްކަތް ކުރުން.
  5. ކޮމިޝަނުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ނުވަތަ ނީޑްސް އެސެސްމަންޓް ހެދުމާއި އަދި ބޭނުންވާ ތަމްރީނުތައް، އެ ތަމްރީން ބޭނުންވާ މުވައްޒަފުންނަށް ދެވޭނެ ގޮތްތައް ހޯދުމާއި، ބޭނުންވާ ތަމްރީނުތައް ދިނުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކޮށް ތަމްރީނުތައް ބޭއްވުމަށް ކުރަންޖެހޭ ކަންކަން އިންތިޒާމް ކުރުމާއި އެކަމާގުޅޭ ރެކޯޑްތައް ބަލަހައްޓައި އެ މަސައްކަތުގައި އެހީތެރިވުން.
  6. ސެކްޝަނުގެ ދުވަހު ޔައުމިއްޔާ ލިޔުން.
  7. ސެކްޝަނުން ސެކްރެޓޭރިއޭޓް ބަލަހައްޓަންޖެހޭ ކޮމިޓީ އަދި މީޓިންގތަކުގެ ސެކްރެޓޭރިއޭޓް ބެލެހެއްޓުމާއި އަދި އެކަމާ ގުޅޭ އެންމެހާ އިދާރީ ކަންކަން ކުރުން.
  8. މުވައްޒަފުންގެ ވަޒީފާއާގުޅޭ އެންމެހާ ރެކޯޑުތައް ގަވާއިދުން ހިއުމަން ރިސޯސް ސިސްޓަމަށް އެޅުމާއި ޗެކުކުރުމާއި ސިސްޓަމް އަޕްޑޭޓްކޮށް ބެލެހެއްޓުން އަދި ޕަރސަނަލް ފައިލްތަކުގެ ލިޔެކިޔުންތައް އަޕްޑޭޓްކޮށް ބެލެހެއްޓުން އަދި ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ކޮމިޝަނުން އިންޝުއަރެންސް ހަމަޖައްސަންޖެހޭ މެންބަރުންގެ އިންޝުއަރެންސާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމާއި އެ ރެކޯޑްތައް ބެލެހެއްޓުން.
  9. މުވައްޒަފުންގެ މުސާރަ ހެދުމާއި މުސާރައާއި އިނާޔަތްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި އެ ރެކޯޑްތައް ބެލެހެއްޓުން.
  10. މަތީގައިވާ ކަންކަމުގެ އިތުރުންވެސް ސެކްޝަނުން ފޮނުވަންޖެހޭ ސިޓީ އާއި މެއިލް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  11. ސެކްޝަންށް ލިބޭ އަދި ސެކްޝަނުން ފޮނުވާ އެންމެހާ ލިޔެކިޔުން ފައިލްކޮށް ބެލެހެއްޓުން.
  12. ސެކްޝަންގެ މަސައްކަތާ ގުޅިގެން އެހެން ސެކްޝަންތަކަށް ދޭންޖެހޭ މައުލޫމާތު ދިނުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިވެ ދިނުން.
  13. މަތީގައި ބަޔާން ކޮށްފައިވާ ކަންތައްތަކުގެ އިތުރުން ސެކްޝަންގެ އަދި  ކޮމިޝަނުގެ މަސައްކަތްތައް އޮމާންކަމާއެކު އިންތިޒާމްކޮށް ހިންގުމަށް ބޭނުންވާ އެންމެހާ ކަންތައްތައް ސުޕަވައިޒަރުގެ ލަފާގެ މަތީން ކުރުން ނުވަތަ އިންތިޒާމްކޮށް ހަމަޖެއްސުން.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި

  1. ވަޒީފާއަށް އެދޭމީހުންގެ އިޤްރާރު.
  2. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. ރެފްރީގެ މައުލޫމާތު ފޯމް (ހަމައެކަނި ވަޒީފާ އަދާކޮށްފައިވާ/އަދާކުރަމުންދާ ފަރާތްތަކުން).
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.

ނޯޓް: ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ތަޢުލީމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް، އެމް.ކިއު.އޭގެ ހުއްދައާއެކު 1 ސެޕްޓެންބަރު 2016 ގެ ފަހުން ހިންގާ ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ދޭ ލޯކަލް ސަނަދުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.

  6. ކުރުމުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކޮށްފައިވާނަމަ އެ ލިޔުންތަކުގެ ކޮޕީ.

  7. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.

ނޯޓް: އިންޓަރވިއުއަށް ޝޯޓްލިސްޓްވީ ފަރާތްތަކުގެ ތެރެއިން ދަޢުލަތުގެ ވަޒީފާގައި އުޅޭ ފަރާތްތައް ނޫން ފަރާތްތަކުން އިންޓަރވިއުއަށް ހާޒިރުވާއިރު ޕޮލިސް ރިޕޯޓު އަދި ކުށުގެ ރިކޯޑް ފޯމު ފުރިހަމަ ކުރުމަށްފަހު ގެންނަންވާނެއެވެ.

މަޤާމަށް އެދި ހުށަހެޅުން

މަގާމަށް އެދި ހުށަހަޅާނީ ފަހިރެސް ޕޯޓަލް މެދުވެރި ކޮށެވެ. ފަހިރެސް ޕޯޓަލްގެ ލިންކް ތިރީގައި އެވަނީއެވެ.

https://apply.jsc.gov.mv

ސުންގަޑި

މި މަގާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 2025 އޮކްޓޫބަރު 26 ވާ އާދީއްތަ ދުވަހުގެ 13:00 އާ ހަމައަށެވެ.

އިތުރު މަޢުލޫމާތު

  1. މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޮމިޝަނުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ.
  2. ފަހިރެސް ޕޯޓަލް މެދުވެރިކޮށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހަޅާ ކޮންމެ އެޕްލިކޭޝަނަކަށް އީމެއިލް  މެދުވެރިކޮށް ރިފަރެންސް ނަންބަރެއް ލިބޭނެއެވެ.
  3. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ މީހެއްގައި ހުންނަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އިތުރު ޝަރުތުތައް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކޮށްފައި ވާނެއެވެ.
  4. މި އިޢުލާންގައިވާ މަޤާމަށް މީހަކު ނެގުމުގައި އަމަލުކުރާނީ "ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ ގަވާއިދު" ގައިވާ ގޮތުގެމަތީންނެވެ.
  5. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ ގަވާއިދު www.jsc.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.
  6. މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ.   
15 އޮކްޓޫބަރު 2025