ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)BCC-HR/1/2025/83
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 15:41
ސުންގަޑި:
20 އޮކްޓޫބަރު 2025 15:00
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އިން ތިރީގައި މި ދަންނަވާ މަޤާމަށް ޚިދުމަތްކުރުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ.
މަޤާމް:
|
އޮފީސް އެސިސްޓެންޓް، ޖެނެރަލް ސާވިސަސް
|
ސެކްޝަން/ޑިވިޜަން:
|
އޮޕަރޭޝަންސް / ޖެނެރަލް ސާވިސަސް
|
ވަޒީފާގެ ބާވަތް:
|
ދާއިމީ
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
އިހުރު ބާޒާރު، އއ. ތޮއްޑޫ / އޮތެންޓިކް މޯލްޑިވްސް، އއ. ތޮއްޑު
|
މަސައްކަތް ކުރަންޖެހޭ ގަޑި:
|
ރަސްމީ ޑިއުޓީ
|
މަޤާމުގެ ޝަރުތުތައް:
|
ގްރޭޑް 07 ނިންމާފައިވުން އަދި 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ބީ.ސީ.ސީ އިން ކަނޑައަޅާ ވަގުތުތަކުގައި އިހުރު ބާޒާރު ހުޅުވުމާއި ލެއްޕުން.
- އިހުރު ބާޒާރު އަދި އޮތެންޓިކް މޯލްޑިވްސް ފިހާރަ ކުނިކަހައި، ފޮޅާ ސާފުކުރުމާއި ފެންފޮތިލުމާއި ޑަސްބިންތައް ހުސްކުރުން ފަދަ މަސައްކަތްތައް ކުރުން.
- އިހުރު ބާޒާރު އަދި އޮތެންޓިކް މޯލްޑިވްސް ފިހާރައިގައި އުފެދޭ ކުނި ބީ.ސީ.ސީ އިން ހަމަޖައްސާ އިންތިޒާމެއްގެ ތެރެއިން ދުވަހުން ދުވަހަށް އުކާލާކަން ކަށަވަރުކުރުން.
- އިހުރު ބާޒާރު އަދި އޮތެންޓިކް މޯލްޑިވްސް ފިހާރައިގެ ގޯތި ތެރެ ރީތިކޮށް ބަލަހައްޓައި، ގޯތި ތެރޭގައި ގަސް އިންދުމާއި، ގަސްތަކަށް ފެންދީ ބެލެހެއްޓުމާއި، ގޯތި ތެރޭގައި ކުނިކަހައި ސާފުކުރުން.
- އިހުރު ބާޒާރު ހިންގާ ވިޔަފާރި ކިއޮސްކުތަކުގައި ބަހައްޓާ ޑަސްބިންތަކާއި އެތަންތަނުގައި އުފެދޭ ކުނިތައް ދުވަހުން ދުވަހަށް ނައްތާލުމަށް ބާރު އަޅައި ކުނިނައްތާލުމަށް ބީ.ސީ.ސީ އިން ކަނޑައަޅާ އުސޫލެއްގެ މަތިން ކިއޮސްކުތައް ހިންގާ ފަރާތްތަކުން އެކަން ކުރަމުންދޭތޯ ބަލާ ކަށަވަރުކުރުން.
- އިހުރު ބާޒާރު އަދި އެއިމާރާތުގައި ހިންގާ ތޮއްޑޫ ބިޒްނަސް ސެންޓަރުގެ ބޭނުމަށް އެއްތަނުން އަނެއް ތަނަށް ގެންދަންޖެހޭ ސާމާނު ގެންގޮސްދިނުމާއި، ކުރަންޖެހޭ އެހެނިހެން ކުދި މަސައްކަތްތައް ކުރުން.
|
މުސާރަ:
|
8،000.00 ރުފިޔާ
|
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
- ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
- ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
- ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
- ޕޮލިސް ސެޓްފިކެޓް
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
- ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް
|
ސުންގަޑި
|
20 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ 15:00 އަށް
|
މިމަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 20 އޮކްޓޯބަރ 2025 ގެ 15:00 ގެ ކުރިން ވަޒީފާއަށް އެދޭ ލިޔެކިއުންތައް[email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ނޯޓް: އަދި މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 07 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.
މި ވަޒީފާތަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހަށްވުރެ މަތީފާހެއް ހާޞިލްކޮށްފައިވާނަމަ އެ ފާސް ވާންވާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ދާއިރާގެ ސްޕެޝަލައިޒްޑް ފާހަކަށެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 3305555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.